ޙައްޤު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނަން: މޭޔަރު

ޙައްޤު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނަން: މޭޔަރު

Author
މުޙައްމަދު ޖިމީ
07 ފެބްރުއަރީ 2022 01:01
0

ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް މާލޭ ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓައި ނުލައްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ފުރިހަމަކަމުގެ މަންފާ ލިބެނީ ބައެއް ކައުންސިލްތަކަށް ކަމަށާއި މާލޭ ސިޓީ ކައުންސިލަށް ޤާނޫނުގެ މަންފާ ނުލިބޭ ކަމަށެވެ. މާލޭ ސިޓީ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ލިބޭ މިންވަރު ވަރަށް ކުޑަ ކަމަށާއި ބައެއް ކަންކަމުގައި އެއްގޮތަކަށް ވެސް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ކަންކަން ތަރުތީބުކޮށް، ކައުންސިލްތަކަށް ބޮޑެތި ފުރުޞަތުތަކެއް ދީ ކައުންސިލްތައް ބާރުވެރިކުރާނެ ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީގެ ވެރިން ވެސް ވަނީ ވިދާޅުވެފައެވެ. އެކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ސަރުކާރުން އޭރު އެގޮތަށް ވާހަކަދެއްކި ނަމަވެސް ކައުންސިލުގެ މެޖޯރިޓީ ރައްޔިތުން ޕީޕީއެމް އަށް ދިން ހިސާބުން ސަރުކާރުން އެ ވާހަކަތަކަށް ޢަމަލުނުކުރާ ކަމަށާއި ރައްޔިތުންގެ ނިންމުމަށް ސަރުކާރުން އިޙްތިރާމް ނުކުރާ ކަމަށެވެ.

މޭޔަރު ވިދާޅުވީ ގޮންޖެހުންތަކާ އެކު ވެސް ވޭތުވެދިޔަ އަށްމަސް ދުވަހު ރައްޔިތުންނަށްޓަކައި ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ބޮޑު މަޝްރޫޢެއް ނުހިމެނޭ ކަމަށާއި ބޮޑު މަޝްރޫޢެއްގެ މަސައްކަތް ނުކުރެވެނީ ސަރުކާރުން އެއްބާރުލުން ނުލިބޭތީ ކަމަށް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދާ އެއްގޮތަށް އަޅުގަނޑުމެން ކުންފުނި އުފެއްދުމަށް ހުށަހެޅިތާ ވެސް ހަތަރުމަސް ވީ. ނުއުފައްދާނަމޭ ވެސް ވިދާޅެއް ނުވޭ. އަޅުގަނޑުމެން މިއީ އެކަމަށް އެންމެ ފުރަތަމަ އެދުނު ކައުންސިލް. އެކަމަކު އެ ފުރުޞަތެއް ނުދެއްވާ. ކުންފުނި އުފެއްދުނު ނަމަ، އަޅުގަނޑުމެން ކުރަންޖެހޭ ބޮޑެތި ކަންކަން، ޚާއްޞަކޮށް ސެޕްގައި ހުރި ބޮޑެތި މަޝްރޫޢުތައް ހުންނާނީ ފެށިފައި.

– މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

ހުޅުމާލޭގެ މައްސަލައާ ގުޅޭގޮތުން މޭޔަރު ވިދާޅުވީ އިޚްތިޞާޞަކީ ކައުންސިލުން ކަނޑައަޅާ އެއްޗެއް ނޫން ކަމަށާއި ލާމަރުކަޒީ ޤާނޫނަށް ބިނާކޮށް މާލޭ ސިޓީގެ އިޚްތިޞާޞް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެގޮތުން މާލޭ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހުޅުމާލޭ ވެސް ހިމެނޭ ކަމަށާއި ހުޅުމާލޭގެ ރަޖިސްޓަރީ ބާޠިލްކުރަން ޖެހުނީ އެ ނޫން ގޮތެއް ނެތުމުން ކަމަށެވެ.

ރައްޔިތުންނަށް ޚިދުމަތްތައް ލިބުމުގައި ދަތިތައް މި ދިމާވަނީ. ބީޗާއި ފަޅުތެރެއާއި މަގުމަތި ފަދަ ޢާންމު ތަންތަނަކީ ކައުންސިލުން މުނިސިޕަލް ޚިދުމަތް ދޭންޖެހޭ ސަރަޙައްދުތައް. އެކަމަކު އެ ޚިދުމަތްތައް ނުދެވި، ކުރެވުނު މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބުނީމަ ޤާނޫނީ ފަރުވާ ހޯދަން ފެށީ.

– މޭޔަރު މުޢިއްޒު

އެމަނިކުފާނު ވިދާޅުވީ ހުޅުމާލެއާ ގުޅޭގޮތުން ކޯޓުގައި އޮތް މައްސަލަ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ސިޓީ ކައުންސިލުގެ މަޤްޞަދަކީ ޤާނޫނުގައި އޮތް ޙައްޤު މިންވަރު ރައްޔިތުންނަށް ހޯދައިދިނުން ކަމަށާއި އެކަމަށްޓަކައި ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނާއި ސިޓީ ކައުންސިލުގެ މެންބަރުންގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށާއި މާލޭ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނާޗޫރު
މުއީޒުމެނަށް ހައްގު މިންވަރަކީ ވަތްކަން ކޮށްގެން ލިބޭ ޑޮލަރު ބޮޑިއެއް ދެން އެނިމުނީ
ޢ ޢިއްބެ
ހައްޤުމިންވަރަކީ އޮފީހުގަބައްދަލުވުމުގައިތިބިމީހުންއެތެރަށްލައިފައި ތަޅުލުންތޯއެވެ 7 އަހަރުބާރުލިބިގެންވެރިކަންކުރިއިރު ކުރެވުނީކޮންކަމެއްތޯއެވެ
ނ ނައިފަރު މާބޭބެ
2012 ފެބްރީއަރީއިންފެށިގެން 2018 ނޮވެމްބަރ 17 ދުވަހު މެންދުރުވަންދެން މާލޭރައްޔިތުންގެ ހައްގުތަށްހިފަހައްޓާގެންހުރިކަން ހަނދާންނެތި މިހާރުމާލޭރައްޔިތުންގެވެސް ހައްގުތަކެއްވާކަން ހުވަފެނަކުންފެނިގެންތިޔައުޅުއްވަނީ.2023 ގެ ޕީޕީއެމް ރަނިންމޭޓްކަމަށް ފައިހިއްލާލިހިސާބުން މާލޭރައްޔިތުންގެވެސް ހައްގުތަކެއްވާކަން ހިތްޕުޅަށްއަރާވަޑާގަތީދޯ.އަމިއްލައެދުންގަނޑުބޮޑުކަމުން ވަށަފަރު ބެއްޔާ އުނބަ މިހާރުތިޔަ ޖައްސަވަނީ އިނގޭތޯ.
ކ ކޮޓާރު ކޮށި
ކޮންމެސް ކޮންމެސް ހުއްޓާނުލާތި!!!!މަގުމަތިން ގޭގެއަށް ވަންނަން ވެސް ސައިކަލުތަކުމަރިން އެރުން މިހާރު އެއީ ހައްގު މިންވަރު... ހަބޭސް
ހ ހާލުދެރަ މޭޔަރު
ހައްގު މިންވަރު އަދިކިރިޔާތޯ ރޭކާލީ.... ވެރިކަމުގަ ތިބިއިރު ހައްގުވި މިންވަރޭ ނުކީ ކީއްވެތޯ؟