ބަރުދަން ލުއި ކުރުމަށް ބޯންވީ ކެބެޖް ޖޫސް!

ބަރުދަން ލުއި ކުރުމަށް ބޯންވީ ކެބެޖް ޖޫސް!

ގުޅުންހުރި

ބަރުދަން ލުއި ކުރުމަކީ ގިނަމީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ބަރުދަން އިތުރު ވުމަކީ މާބޮޑު އުނދަގުލަކާ ނުލައި ގިނަމީހުންނަށް ވާކަމެކެވެ. މިއީ ގިނަ ބަޔަކު އިއްތިފާގުވާނެ ވާހަކައެކެވެ.

ބަރުދަން ލުއި ކުރުމަށް ކުރާ ދަތުރުގައި ހިތްއެދޭ ހުރިހާ އެއްޗެއް ނުކެވެއެވެ. ކެއުމަށް ވަކި ގަވާއިދެއް އެކުލަވާލައި ވަކިގޮތަކަށް ބައްޓަން ކުރަން ޖެހެއެވެ. އަދި ހަމަ އެހެންމެ ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަށް އެކުލޭ ޑައިޓެއް ނަގަން ޖެހެއެވެ. މި ޑައިޓަކީ ތިމާ ކާން އެންމެ ބޭނުންވާ އެއްޗިއްސެއް ނޫނެވެ.

މީގެ އިތުރުން ގަވައިދުން ކަސްރަތު ކުރުމާއި ގަވައިދުން ނިދުންވެސް މިއީ އަވަހަށް ބަރުދަން ލުއި ކުރުމަށް މުހިމު ކަންކަމެވެ.

މިފަހަރު މި ބަލާލަނީ ބަރުދަން ލުއި ކުރުމަށް ބޭނުން ކުރެވިދާނެ ބުއިމަކަށެވެ. މި ބުއިން ތައްޔާރު ކުރުމަށް އެންމެ މުހިންމު އެއްޗަކީ ކެބެޖެވެ.

ކެބެޖަކީ ލެޓިއުސް އާއި ވައްތަރު އެއްޗެކެވެ. ނަމަވެސް ކެބެޖަކީ ލެޓިއުސް އާއިލާގެ އެއްޗެއް ނޫނެވެ. ކެބެޖަކީ 'ބްރެސިކާ' އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ. ކޯލީ ފުލާވަރ އަދި ބްރޮކަލީވެސް ނިސްބަތް ވަނީ 'ބްރެސިކާ" އަށެވެ.

ކެބެޖް ގެ ތަފާތު ކުލަތައް ހުރެއެވެ. ރަތް، ދަނބު، ހުދު އަދި ފެހި ކެބެޖަކީ އެންމެ އާންމު ވައްތަރުތަކެވެ.

ކެބެޖް ޖޫސް ތައްޔާރުކުރާނެ ގޮތް:

ކެބެޖް ކުދިކޮށް ކިއުބް ގޮތަށް ކޮށާލާށެވެ. އެއަށް ފަހު ފެންފޮދެއް އަޅައިގެން 5 މިނިޓު ވަންދެން ކައްކާލާށެވެ. އެއަށް ފަހު ހިހޫ ކޮށްލުމަށް ބަހައްޓާށެވެ. ހިހޫ ވުމުން މިކްސަރަށް އަޅައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. އެއަށް ފަހު ފުރޭންޏެއް ބޭނުން ކޮށްގެން ފުރާނާލާށެވެ. އޭރަށް ހުންނާއި ކެބެޖް ޖޫސް ތައްޔާރު ވެފައެވެ. ރަހަ ތަފާތު ކޮށްލަން ބޭނުންނަމަ ކެބެޖް ކޮޅު ކައްކާލާ އިރު އިތުރު ތަރުކާރީއެއް ނުވަތަ އިނގުރު ކޮޅެއްވެސް ބޭނުން ކޮށްލެވިދާނެއެވެ.

ކެބެޖުން ލިބޭ ފައިދާއަށް ބަލާލާއިރު، ކެބެޖަކީ ނިއުޓްރިއަންޓުން ފުރިފައިވާ އެއްޗެކެވެ. އަދި ވިޓަމިން ކޭ އަދި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވެއެވެ. އަދި ކެބެޖުގައި ކެލޮރީސް ހިމެނެނީ ވަރަށް މަދު މިންވަރަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ