ޕީޕީއެމް އަކީ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއް: އެމްޓީޑީ

ޕީޕީއެމް އަކީ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއް: އެމްޓީޑީ

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2022 10:17
0

ކޮމަންޑޫ ދާއިރާގެ އިންތިޚާބުން އިދިކޮޅު ޕީޕީއެމަށް ލިބުނު ނާކާމިޔާބާއި ގުޅިގެން އެޕާޓީ ރިފޯމް ކުރުމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ)އިން ގޮވާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމްއަށް ފާޑުކިޔައި އެމްޓީޑީން ކުރި ޓްވީޓްގައި ވަނީ ޕީޕީއެމްއަށް ކޮމަންޑޫ ދާއިރާއިން ބަލިވުމުން ރަމްޒުކޮށްދެނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަންކަމަށެވެ. އަދި ޕީޕީއެމް 2015 ގެ ފަހުން ހުރިހާ އިންތިހާބަކުން ވީބަލިކަމަށާއި، ޕީޕީއެމް އަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއްކަމަށްވެސް އެމްޓީޑީން ބުންޏެވެ. އެމްޓީޑީން ވަނީ ޕީޕީއެމް ރިފޯމް ކުރުމަށް ގޮވާލާފައެވެ.

ކޮމަންޑޫ ދާއިރާގެ ވަގުތީ  ނަތީޖާއިން ދައްކާ ގޮތުގައި، އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދަށް ލިބިފައިވަނީ، ޖުމްލަ 1401 ވޯޓެވެ. މިއީ މި އިންތިޚާބުގައި ވޯޓު ލީ މީހުންގެ %49 އެވެ. ރާޝިދުއާއި އެންމެ ގާތުން ވާދަކުރި ޕީޕީއެމްގެ ކެނޑިޑޭޓް މުސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމްލަ 1161 ވޯޓެވެ. މިއީ މި އިންތިޚާބުގައި ވޯޓު ލީ މީހުންގެ %40 އެވެ. އެމްއެންޕީގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރިން އަބުދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 323 ވޯޓެވެ. މިއީ ވޯޓު ލި މީހުންގެ %11 އެވެ.

މި އިންތިޚާބު ކުރިޔަށް ގޮސްފައިވަނީ ވަރަށް ވާދަވެރި އިންތިޚާބެއްގެ ގޮތުގައެވެ. މިގޮތުން އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންނަށް ތާޢީދު ހޯދުމަށް، އިންތިޚާބުގައި ވާދަކުރި ކެނޑިޭޓުން ނިސްބަތްވާ ޕާޓީތަކުގެ ލީޑާރޝިޕްތަކުން ދާއިރާތަކުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ޖަލްސާ އެއް ބާއްވާ ނަމަ ތިއެއް އެނގޭނެ
ނ ނާޗޫރު
އަޅުގަނޑު ސަރުކާރަށް ގޮވާލަން މަޖިލިސްގެ ރުހުން ހޯދާއިގެން އަދީބު ރިޔާސީ އިންޚާބާއި ކައިރިވުމުން ދޫކޮށް ޔާމިނާއި އަބްދުއްރަހީމު ޝިޔާމު އަދި ޝަރީފުމެންނާއި ދިމާލަށް ދޫކޮށްފަ ބަހަށްޓަން އެއިރުން ނަތީޖާ އަކަށްވާނީ ޕީޕީއެމް ލީޑާރޝިޕްގެ އެއްވެސް މީހަކަށް ޔާމިނާއެކު ނުކުންނާކަށް ނުކެރޭނެ އަދި އަދި ރިޔާސީ އިންތިޚާބު ވަރަށް ފަސޭހައިން އެމްޑީޕީއަށް ބޯޑުތަނުން ކާމިޔާބުވާނެ