ކޮޅައްހުރެ ފެންބުއިމަކީ ކޮންކަހަލަ ކަމެއްތައް؟

ކޮޅައްހުރެ ފެންބުއިމަކީ ކޮންކަހަލަ ކަމެއްތައް؟

Author
ހުސެއިން
05 ފެބްރުއަރީ 2022 09:46
0

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކޮޅަށް ހުރެ ފެންބުއިން މަނާ ކުރައްވާފައި ހުރި ޙަދީޘް ތަކެއްވެސް ވެއެވެ. ހަމައެފަދައިން އެކަން ހުއްދަ ކުރައްވާފައިވާ ޙަދީޘް ތަކެއްވެސް ވާރިދުވެފައިވެއެވެ.

ކޮޅަށް ހުރެ ބުއިން މަނާ ކުރައްވާ ޙަދީޘް ތަކުގެ ތެރޭގައި އަންނަނިވި ޙަދީޘް ހިމެނެއެވެ. ما رواه مسلم (2024) (2025)عَنْ أَنَسٍ وأَبِي سَعِيدٍ الْخُدْرِيِّ رضي الله عنهما أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَجَرَ ( في لفظ : نَهَى) عَنْ الشُّرْبِ قَائِمًا .މާތް ﷲ ރުއްސުންލެއްވި އަނަސް އާއި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެންވެއެވެ. "ކޮޅަށް ހުރެ ފެންބުއިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންކާރު ކުރެއްވިއެވެ". އެހެން ރިވާޔަތެއްގައިވެއެވެ. "ކޮޅަށް ހުރެ ފެންބުއިން ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މަނާ ކުރެއްވިއެވެ".

ކޮޅަށް ހުރެ ބުއިން ހުއްދަ ކަމަށް ދޭހަވާ ރިވާޔަތް ތަކުގެ ތެރޭގައި އަންނަނިވި ރިވާޔަތްތައް ހިމެނިގެންވެއެވެ ما رواه البخاري (1637) مسلم (2027) عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُما قَالَ : سَقَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ زَمْزَمَ فَشَرِبَ وَهُوَ قَائِمٌ.މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޒަމްޒަމް ފެން އެރުވުމުން އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ހިއްޕެވިއެވެ".

وروى البخاري (5615) عن عَلِيّ رَضِيَ اللَّهُ عَنْهُ أنه شَرِبَ قَائِمًا ثم قَالَ : إِنَّ نَاسًا يَكْرَهُ أَحَدُهُمْ أَنْ يَشْرَبَ وَهُوَ قَائِمٌ ، وَإِنِّي رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَعَلَ كَمَا رَأَيْتُمُونِي فَعَلْتُ .މާތް ﷲ ރުއްސުންލެއްވި ޢަލީގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ހިއްޕެވިއެވެ. އަދި ވިދާޅުވިއެވެ. ބަޔަކު މީހުން ކޮޅަށް ހުރެ ބުއިމާއި އިންކާރު ކުރެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންނާ ބޮނިކޮށް ދުއްގޮތަށް، ﷲ ގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހިއްޕަވަނިކޮށް ތިމަންކަލޭގެފަނު ދެކިވަޑައިގަތީމެވެ".

وروى أحمد (797) أَنَّ عَلِيَّ بْنَ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ شَرِبَ قَائِمًا ، فَنَظَرَ إِلَيْهِ النَّاسُ كَأَنَّهُمْ أَنْكَرُوهُ فَقَالَ : مَا تَنْظُرُونَ ! إِنْ أَشْرَبْ قَائِمًا فَقَدْ رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَشْرَبُ قَائِمًا ، وَإِنْ أَشْرَبْ قَاعِدًا فَقَدْ رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَشْرَبُ قَاعِدًا . قال أحمد شاكر في تحقيق المسند : إسناده صحيح اهـ .މާނައަކީ: "އިމާމް އަޙްމަދު ރިވާ ކުރެއްވިއެވެ. ޢަލީ ބިން އަބީޠާލިބް- ރަޟިޔަﷲ ޢަންހު- ކޮޅަށް ހުންނަވާ ފެންފޮދު ހިއްޕެވިއެވެ. އެހިނދު މީސްތަކުން އެކަލޭގެފާނާއި ދިމާލަށް އިންކާރުގެ ނަޡަރަކުން ބަލަން ފެށިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން ތިޔަ ބަލަނީ ކޮންކަމަކާ ހުރެ ހެއްޔެވެ؟ އަހަރެން ކޮޅަށް ހުރެ ބުއިނަމަ، އެކަން ކޮށްފައިވާނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮޅަށް ހުންނަވައިގެން ފެންފޮދު ހިއްޕަވަނިކޮށް ފެނިގެންނެވެ. އަދި އަހަރެން އިށީނދެ އިނދެ ބޮއިފައި ހުންނާނީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިށީނދެ އިންނަވައިގެން ހިއްޕަވަނިކޮށް ފެނިގެންނެވެ".

وروى الترمذي (1881) عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُما قَالَ : كُنَّا نَأْكُلُ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَنَحْنُ نَمْشِي ، وَنَشْرَبُ وَنَحْنُ قِيَامٌ . صححه الألباني في صحيح الترمذي .މާނައަކީ: އިމާމް ތިރްމިޛީ-ރަޙިމަހުﷲ- ރިވާ ކުރެއްވިއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ހިނގާފައި ދަމުން ކައި ހަދަމެވެ. އަދި ކޮޅަށް ހުރެ ބޮއިވެސް ހަދަމެވެ".

އިސްވެދިޔަ ޙަދީޘް ތައް ޖަމްޢު ކުރައްވާ ޢިލްމުވެރިން ވިދާޅުވެފައިވަނީ ކޮޅަށް ހުރެ ބުއިން މަނާކުރައްވާފައިވާ ނަހީ އަކީ ޙަރާމްގެ ނަހީ އެއް ނުން ކަމަށެވެ. އޭގައި އެވަނީ އެންމެ ރަގަޅު ގޮތަށް އިރްޝާދު ދެއްވާފައެވެ. އަދި އެންމެ މޮޅު ގޮތަކީ އިށީނދެ އިނދެގެން ބުއިން ކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮޅަށް ހުންނަވައިގެން ހިއްޕެވި ކަމަށް އައިސްފައިވާ ރިވާޔަތް ތަކުގައި އެވަނީ އެއީ ހުއްދަ ކަމެއްކަން ދައްކުވައި ދެއްވުމުގެ ގޮތުންނެވެ.

އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ﷲ ގެ ރަޙްމަތުން މި ޙަދީޘް ތަކުގައި އެއްވެސް ކަހަލަ މައްސަލަ އެއް ނެތެވެ. އަދި އެއްވެސް ޙަދީޘަކީ ޟަޢީފް ޙަދީޘެއްވެސް ނޫނެވެ. އަދި ކިއެއްތަ ހުރިހާ ޙަދީޘަކީ ޞައްޙަ ޙަދީޘެވެ. ވީމާ، މިމައްސަލާގައި އެންމެ ރަގަޅު ގޮތަކީ ކޮޅަށް ހުރެ ނުބިއުމަށް އައިސްފައިވާ ޙަދީޘް ތަކުގައި އެވަނީ އެއީ މަކްރޫހަ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ހުއްދަ ކަމެއްކަން އުއްމަތަށް އަންގަވައި ދެއްވުމުގެ ގޮތުން އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ހިއްޕެވީ ކަމަށެވެ".

والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.