ޝާހިދު ލޯގަނޑު ކުރިމަތީ ނެގި ސެލްފީ ރީތި ދޯ؟

ޝާހިދު ލޯގަނޑު ކުރިމަތީ ނެގި ސެލްފީ ރީތި ދޯ؟

Author
admin
07 ނޮވެމްބަރ 2020 10:10
0

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ ތަރިއެކެވެ. ދިރިއުޅުމުގެ އެކި ކަންކަން ސޯޝަލް މީޑިއާގައި އަޕްޑޭޓްކޮށް ހަދައެވެ.

މިގޮތުން އެންމެ ފަހު އޭނާ އިންސްޓާގްރާމް ކުރި ލޯގަނޑު ކުރިމަތީ ސެލްފީވެސް ވެގެން ދިޔައީ ހިޓަކަށެވެ. އެ ފޮޓޯގައި އޭނާ ފެނިގެން ދަނީ ކަޅާއި ނޫ ހުރި ގަމީހެކެވެ. އެ ގަމީހުގެ މަތީ ދެ ގޮށް ނައްޓާލާފައި ވެއެވެ. އަދި އޭނާގެ ދިގު އިސްތަށިގަނޑުގެ ޗާލުކަން ފެންނައިރު، އޭނާގެ ރީތިކަންވެސް އެ ފޮޓޯއިން ވަރަށް ރަނގަޅަށް ފެނިގެންދާ ކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.

އޭނާ އެ ފޮޓޯ ހިއްސާކޮށްވެސް ބުނެފައި ވަނީ މިރާ ސެލްފީއެއް ކަމަށެވެ. ޝާހިދުގެ އެ ފޮޓޯއަށް ބައެއް ތަރިންވެސް ކޮމެންޓް ކޮށްފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ދާދި ފަހުން އޭނާ ވަނީ ޖާޒީގެ މަސައްކަތްތައް ފަށަން ތައްޔާރުވެފައެވެ. އަދި އޭނާ އެ ފިލްމް ކުޅޭ އަގުވެސް ކުޑަކޮށްދީފައިވާ ކަމަށް ވެއެވެ.

އޭނާ އާއެކު އެ ފިލްމްގައި ޕަންކަޖްކަޕޫރާއި،މްރޫނަލް ތަކުރުވެސް ފެނިގެން ދެއެވެ. ޝާހިދު އެ ފިލްމްގައި ފެނިގެން ދަނީ ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.