ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްދޭނަން: ރައީސް

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްދޭނަން: ރައީސް

Author
މުޙައްމަދު ޝަޒައިމް
03 ފެބްރުއަރީ 2022 07:38
0

ޞިއްޚީ ދާއިރާގެ މުވައްޒިފުންގެ މުސާރަވެސް ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންނަށް ކޮމަންޑުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް އެކަމާގުޅިގެން ނިންމަންޖެހޭ ކަންކަން މިއަހަރުގެ ތެރޭގައި ނިންމެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ.

މުދައްރިސުންނާއި ޕްރިންސްޕަލުން އަދި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާފަދަ ދިރާސާއެއްކޮށް އެކި ފަންތީގެ މީހުންގެ މުސާރަ ބޮޑުވެގެންދާގޮތް މި ދިރާސާގައި ފެންނަން ހުންނާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެއަށްފަހު ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، އެ ނޫންވެސް އެދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާ މަންޒަރުކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ޢާއްމު ޙާލަތު ރަނގަޅު ކުރެވޭނެ ބަދަލުތަކެވެ. އެ ބަދަލު ފެށެނީ ޢާންމު މީހާގެ ދިރިއުޅުމުންކަމަށް ރައީސް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުން ފެށިގެން ބޮޑުކުރުމަށް ނިންމެވުމާއެކު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިން %56ގެ ކުރިއެރުމެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިސާލެއް ދައްކަވަމުން މިބަދަލާއެކު 21،000ރުފިޔާ ލިބޭ ޕްރިންސްޕަލެއްގެ މުސާރަ 32،000އަށް ބޮޑުވާނެއެވެ. އަދި 14،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ މީހުންގެ އިތުރުވުން އުޅޭނީ 28،000 ރުފިޔާގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަބްދުﷲ ޖުނައިދު
Kihaa dherakamehtha alhe... Yaameen migaumu halaaku kohlumuge sababun Raees Ibu ah mijehuny alun gaumu dhiruvan