ރިޔާސީ ބަޔާނަށް ކޯލިޝަންގެ ލީޑަރުންގެ ތަޢުރީފް

ރިޔާސީ ބަޔާނަށް ކޯލިޝަންގެ ލީޑަރުންގެ ތަޢުރީފް

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ މިއަދު މަޖިލީހަށް އިއްވި ރިޔާސީ ބަޔާނަކީ، އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާނެއްކަމަށް ސަރުކާރު ކޯލިޝަންގެ ލީޑަރުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވާ ރިޔާސީ ބަޔާނުގައި މިއަހަރަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރު ވަނީ ހާމަކޮށްދެއްވާފައެވެ.

މިއަހަރަށް މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނުވި ބަޔާނެއްކަމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ ވިދާޅުވެފައެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ، ރިޔާސީ ބަޔާނުން ކަށަވަރުވިކަމަކީ ރައީސުލްޖުމްހޫރިއްޔާ އަކީ ކިތަންމެ ދަތި ޙާލަތެއްގައިވެސް ޤައުމާއެކު ކުރިއަށްދެވޭނެ ޤާބިލުކަންހުރި ލީޑަރެއްކަމުގައެވެ. ރައީސް ހުށަހެޅުވި ކަންކަމުން ޤައުމުގެ ކުރިއެރުން އާރާސްތުކޮށް، ޤައުމު ބިނާކުރުމަށް އުންމީދު ތަސައްވަރެއް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުން ހާމަވެގެން ގޮސްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަށް ތައުރީފް ކުރައްވައި ކޯލިޝަންގެ ބައިވެރިވާ ރައީސް މައުމޫން ވިދާޅުވީ މިބަޔާނަކީ ޤައުމުގެ ކުރިއެރުމާއި، ތަރައްޤީއަށް އުންމީދުތަކެއް ގެނުވި ފުރިހަމަ ބަޔާނެއްކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދޭނެ އުންމީދީ ވާހަކަތަކެއް އެކުލެވޭ ބަޔާނެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ އެކި ދާއިރާތަކުން ގެންނަވާނެ ބަދަލުތަކާއި، ރާއްޖޭގެ އިޤްތިޞާދާއި ކުރިއެރުމަށް ގެންނަވާނެ ބަދަލުތަކުގެ ވާހަކަ ތަފްސީލީ ގޮތެއްގައި ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. ރައީސުލްޖުމްޙޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ސިޔާދަތާ އިސްތިގްލާލް ބުރުލެއް އަދި ގުޑުމެއް އައުމުގެ ކުޑަވެސް ފުރުސަތެއް ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ގައުމިއްޔަތު ބިނާވެރިވި ދެމިއޮންނަޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދު އޮންނާނެކަމަށާއި ސަރުކާރުން އެކަމަށް އަބަދުވެސް ފާރަވެރިވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި ހަތުރުވެރިކަމާއި އަދާވާތްތެރިކަމަށް ވެރިވެގަތުމުގެ ކުޑަވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ