ޝިޔާމްގެ ފާޑުކިޔުން: ރީތި ބަޔާނެއް އިއްވިދާނެ، ކުރީގެ ބަޔާނުން ހާސިލްވީ ކިހާވަރެއްތޯ؟

ޝިޔާމްގެ ފާޑުކިޔުން: ރީތި ބަޔާނެއް އިއްވިދާނެ، ކުރީގެ ބަޔާނުން ހާސިލްވީ ކިހާވަރެއްތޯ؟

Author
މުޙައްމަދު ޖިމީ
03 ފެބްރުއަރީ 2022 12:21
0

ރީތިގޮތަކަށް ލިޔެފައިވާ ބަޔާނެއް އިއްވިދާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މިއަދު ދެއްވި ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވީ، ރީތި ޢިބާރާތުން ލިޔެ ބަޔާނެއް އިއްވިދާނެކަމަށާއި، ކޮނޑުހުޅު ދާވަރަށް ޕާޓީ މެންބަރުންނަށް އަތްވެސް ޖެހިދާނެކަމަށެވެ. މީގެ ކުރިން އިއްވި ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ހާސިލްވީ ކިހާވަރަކަށްތޯ ޝިޔާމް ސުވާލުކުރެއްވިއެވެ. ޤައުމުގެ ދަރަނި 100 ބިލިއަން ކަނޑައްތުކޮށްފިކަމަށާއި، 3 އަހަރު ތެރޭ އެކަނި 48 ބިލިއަން ދަރަނި އުފައްދާފައިވާކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ރައީސް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ، ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކާ ނިމިފައިވާކަމަށެވެ. އަދި އެއާއެކުވެސް މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގާ 791.2 މިލިއަން ޑޮލަރު ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަން ފަށާނެކަމަށެވެ. އަދި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު އަނބުރާ ގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެޔޮޅުބެ
އަދިވެސް ހުތެއް ނުވޭތަ ސިޔާމު މެން. ޗައިނާ އައުޓް.