ވޯޓުލާ ދުވަހު ކޮމްޕްލެއިންސް ކޮމިޓީއަށް ޝަކުވާ ހުށަހެޅޭނެ: އިލެކްޝަން

ވޯޓުލާ ދުވަހު ކޮމްޕްލެއިންސް ކޮމިޓީއަށް ޝަކުވާ ހުށަހެޅޭނެ: އިލެކްޝަން

Author
މުޙައްމަދު ޝަޒައިމް
02 ފެބްރުއަރީ 2022 08:07
0

އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި އިލެކްޝަންތައް ކުރިއަށްދާއިރު، އިންތިޚާބާގުޅޭ ޝަކުވާ ނުވަތަ މައްސަލަ ހުށަހަޅަން ބޭނުންވެއްޖެ ހިނދެއްގައި، އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ހޮނިހިރު ދުވަހު ބާއްވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލްކްޝަނާއި ތ.ވިލުފުއްޓާއި ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންއެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ވޯޓުލާ ދުވަހު، މި އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ނުވަތަ އިންތިޚާބާގުޅޭ މައްސަލައެއް ކުރިމަތިވެއްޖެނަމަ އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިންސް ކޮމިޓީއަށް ގުޅައި، އިންތިޚާބާބެހޭ ޝަކުވާ އަދި މައްސަލަތައް ހުށަހެޅޭނެކަމަށެވެ. ކޮމްޕްލެއިންސް ކޮމިޓީއަށް މައްސަލަ ހުށަހެޅުމަށް ގުޅާނީ އެކޮމިޝަނުގެ ނަންބަރު 3004498އަށެވެ.

އިންތިޚާބާ ގުޅޭގޮތުން ޝަކުވާއެއް ވާނަމަ ހުށަހެޅުމުގެ ފުރުޞަތުވެސް މީގެކުރިން އެކޮމިޝަނުން ހުޅުވާލާފައިވެއެވެ. އެ ފުރުޞަތުގައި ކޮމަންޑޫ ބައި އިލެކްޝަނާ ގުޅޭ 3 ޝަކުވާއެއް ހުށައެޅިކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ކޮމަންޑޫ، ފޯކައިދޫ، މަރޮށި ހިމެނޭ އެ ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ. އަދި 6 ވޯޓް ފޮށްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.