ކަންގަނާ ރިއަލިޓީ ޝޯއެއް ހޯސްޓް ކުރަނީ!

ކަންގަނާ ރިއަލިޓީ ޝޯއެއް ހޯސްޓް ކުރަނީ!

Author
ފާތިމަތު ނާވީ
02 ފެބްރުއަރީ 2022 07:36
0

ބޮލީވުޑްގެ ބިރު ކުޑަ އެކްޓްރެސް ކަންގަނާ ރަނާވަތު ރިއަލިޓީ ޝޯއެއް ހޯސްޓް ކޮށްދޭން ތައްޔާރުވެއްޖެއެވެ.

ބިރުކުޑަ ތަރިއެއްގެ ގޮތުގައި މަޝްހޫރު ކަންގަނާ ހޯސްޓް ކޮށްދެނީވެސް އެފަދަ ބިރުކުޑަ ޝޯއެއް ކަމަށް ޚަބަރުތައް ބުނެއެވެ. މި ޝޯއާ ބެހޭގޮތުން އަދި މާގިނަ މައުލޫމާތެއް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.

މި ޝޯއަކީ އެކްތާ ކަޕޫރު ހެދުމަށް ނިންމާފައިވާ ޝޯއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެކްތާ އާއި ކަންގަނާއަކީ ގާތް ދެ ރަހުމަތް ތެރިންނަށް ވުމުންނާއި، މި ޝޯއަކީ މިހާތަނަށް ޓީވީން ދައްކާނެ މިފަދަ ފުރަތަމަ ޝޯއަށް ވުމުން ޝޯގެ ހާއްސަކަން އިތުރުވެއެވެ. މި ޝޯގެ ބައިވެރިން 8-10 ވަރަކަށް ހަފްތާއަށް ތަނެއްގައި ބަންދުކޮށްފައި ބައިތިއްބާނެ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

 

View this post on Instagram

 

A post shared by ALTBalaji (@altbalaji)

ރިއަލިޓީ ޝޯއެއްގެ ހޯސްޓެއްގެ ގޮތުގައި ކަންގަނާ ފުރަތަމަ ފަހަރަށް ނުކުންނަން ތައްޔާރު ވާއިރު ބޮލީވުޑްގެ ތަރިން އަންނީ ފިލްމު ކުޅުމުގެ އިތުރުން، ޝޯތައް ހޯސްޓުކޮށް ޝޯތަކުގައި ޖަޖުކަންވެސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.