ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުމަށް ކުރާ މަސައްކަތުގެ ތެރެއިން މަތިކޮމަންޑޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން މަތިކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ދެ ކޮމަންޑޫ ގުޅުވާލާ މަސައްކަތް ކުރަނީ ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު ބައިވެރިޔާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
މަތިކޮމަންޑޫ ހިއްކުމަށް އެރަށަށް އެމްޓީސީސީގެ ޑްރެޖަރ މަހާޖައްރާފް ދިޔައީ މިދިޔަ ހޮނިހިރުދުވަހުއެވެ. މަހާޖައްރާފަށް ކޮމަންޑޫގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ. ރަށުގެ ބިމުގެ ޖާގަ އިތުރުވެ، ދިރިއުޅުމުގެ އާއްމު ޙާލަތު ރަނގަޅުވެގެން އައުމަކީ ކޮމަންޑޫގެ ރައްޔިތުންގެ އެންމެ ބޮޑު ހުވަފެނެވެ. ބިމުގެ ދަތިކަމުގެ ސަބަބުން ރަށުގެ ރައްޔިތުން ތިބީ، އަސާސީ އެރަށް ޚިދުމަތަކުން މަޚުރޫމުވެފައެވެ.
މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫޢުއަކީ ކޮމަންޑުއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.
ދެ ކޮމަންޑޫ ގުޅާލުމަށް މަތިކޮމަންޑޫގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖެނުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ޖެނުއަރީ 14 ވަނަ ދުވަހުވަނީ އެކަމުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ސަމާނު ރަށަށް ގެންގޮސް، ސައިޓު މަސައްކަތްތައް ފަށާފައެވެ.
މަތިކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، މަޝްރޫޢުގައި ދެން ހިމެނެނީ، ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށިލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމުގެ މަސައްކަތެވެ.
ބިންހިއްކުމަށްފަހު ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމަށް ހަމަޖެހިފައިވަނީ 200 މީޓަރުގެ ދިގުމިނުގެ ލިންކަކުންނެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެއެވެ. މި މަސައްކަތް 2 އަހަރު ތެރޭގައި ނިންމަންޖެހެއެވެ.
2 Responses
ބޮޑުތަކުރުފާނުވިދާޅުވީ ކޮަމަންޑޫއާއި މަތިކޮމަންޑޫއެއްނޫން އެތަކުރުފާނުވިދާޅުވީ މިއޮޑިމިދަނީ ދެކޮމަންޑޫދޭތެރެއިންނެވެ މިއޮޑިމިދަނީ ދަށްކޮމަންޑޫއާއި މަތިކޮމަންޑޫ ގެމެދުންނެވެ
ސާބަހޭ ރައީސް ޔާމީނުގެ ހަނދާން މިހަފްތާ އިތުރަށް އާލާވަނީ މަހާޖައްރާފް މަހާޖައްރާފް މަހާޖައްރާފް