އޭސީސީން އިސްތިއުފާ ދެއްވި އަޝްރަފް ޓެންޑާ ބޯޑުގެ ވެރިޔަކަށް

އޭސީސީން އިސްތިއުފާ ދެއްވި އަޝްރަފް ޓެންޑާ ބޯޑުގެ ވެރިޔަކަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެންބަރެއްގެ ޒިންމާ އަދާނުކުރާކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް އޭސީސީގެ މެންބަރު ކަމުން އިސްތިއުފާދެއްވި އަލީ އަޝްރަފް ޓެންޑާ ބޯޓުގެ ޗެއާޕާސަން ކަމަށް ހަމަޖައްސައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމުގެ މަޤާމުން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ. އޭސީސީގެ މެންބަރު ކަމުގެ އިތުރަށް އަޝްރަފް މީގެކުރިން ވަނީ ވިލާ ކޮލެޖުގެ ޑިރެކްޓާ އޮފް މާކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ ތަފާތު މަގާމުތައް ފުރުއްވާފައެވެ.

ޓެންޑާ ބޯޑަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ހިންގާ ބަލަހައްޓާ މައި އިދާރާއެވެ. އެބޯޑަށް މެންބަރުން އައްޔަން ކުރައްވަނީ ފިނޭންސް މިނިސްޓަރެވެ. ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ އެންމެހާ އުސޫލުތައް އެކުލަވާލުމާއި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ސަރުކާރުގެ ހުރިހާ ބިޑްތަކެއް އިވެލުއޭޓްކޮށް މަސައްކަތްތައް ހަވާލު ކުރާނީ ޓެންޑާ ބޯޑުންނެވެ.

ޓެންޑަރ ބޯޑުގައި އަޝްރަފާ އެކު 7 މެންބަރަކު ހިމެނެއެވެ.

1- އަލީ އިރުފާން
2- އުބައިދުﷲ އަލީ
3- އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު
4- މުހައްމަދު ޖިނާން ސައީދު
5- މުމްތާޒު އަބްދުއް ރަޝީދު
6- އައިމިނަތު ޝީރީން

ޓެންޑާ ބޯޑުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ އުސޫލުތައް އެކުލަވާލައި ޕްރޮކިއުމަންޓާ ގުޅޭ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކުގައި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ބިޑްތަކުގެ ކަންކަން ކުރާނީ ޓެންޑާ ބޯޑުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *