ކޮމަންޑޫގައި އައިސްޕާންޓެއް އެޅުމަށް ފެނަކަ އާއި ހަވާލުކޮށްފި

ކޮމަންޑޫގައި އައިސްޕާންޓެއް އެޅުމަށް ފެނަކަ އާއި ހަވާލުކޮށްފި

ށ.ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ހަދަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯރޕަރޭޝަނާ ޙަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ކޮމަންޑޫގައި ތަރައްޤީކުރާ އައިސްޕްލާންޓަކީ 25 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލް ކަމާއި، 50 ޓަނުގެ އައިސް ރައްކާކުރެވޭވަރުގެ އައިސްޕްލާންޓެއް ކަމަށެވެ. ކޮމަންޑޫ އައިސްޕްލާންޓު ހެދުމުގެ މަސައްކަތް ފެނަކަ ކޯރޕަރޭޝަނާ ޙަވާލުކޮށްފައިވަނީ 6 މަސްދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

މިއީ ދައުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓުތަށް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރައްވަމުންނެވެ. އެގޮތުން އިތުރު 13 އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

މިކަމާގުޅޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުހައްމަދެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ.

ކޮމަންޑޫގައި އައިސްޕްލާންޓެއް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައޮ ސޮއިކޮށްފައިވާއިރު، ސަރުކާރުން އިންތިޚާބާއި ދިމާކޮށް ކޮމަންޑޫގައި ކުއްލިއަކަށް ގިނަ މަޝްރޫޢުތަކެއް ހިންގާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި މިއީ އިންތިޚާބަށް ނުފޫޒް ފޯރުވުންކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *