ކުމުންދޫގައި ބާއްވާ އަންހެނުންގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފައިނަލްގެ ޖާގައެއް ސީއެސް ވިމެންސް ކަށަވަރު ކޮށްފި

ކުމުންދޫގައި ބާއްވާ އަންހެނުންގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފައިނަލްގެ ޖާގައެއް ސީއެސް ވިމެންސް ކަށަވަރު ކޮށްފި

ހދ. ކުމުންދޫގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސީއެސް ވިމެންސް ހޯދައިފިއެވެ.

ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭ.ވައި.އެސް)އިން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020″ ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތުގެ 8ވަނަ މެޗުގައި ޓާފް ކުއީން އާއި ވާދަކޮށް ސީއެސް ވިމެންސް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ 5-0 އިން ކުރި ހޯދައިގެންނެވެ. މިރޭ ކުޅުނު މި މެޗްގައި އެޓީމަށް 3 ލަނޑު ކާމިޔާބު ކޮށްދިނީ މެޗްގެ ކުއީން އޮފްދަ މެޗް ޝަހުލާ އާދަމެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ ރާއިދާ މޫސާ އާއި ސާއިދާ މޫސާ އެވެ.

ކޮންމެ ދުވަހަކު ހަވީރާއި ރޭގަނޑު މެޗްތައް ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލްގައި ވާދަކުރާނެ ދެވަނަ ޓީމު މާދަމާ ޔަގީން ވާނެއެވެ. ލީގު އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގެ މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލަކު ކުރާނީ ޒީރު ސްޓަރ އާއި ސީއެސް ވިމެންސް އެވެ. އަދި ރޭގަނޑުގެ މެޗްގައި ބައްދަލުކުރާނީ ޓާފް ކުއީން އާއި ސަންދިޔާ އެވެ.

ހދ. ކުމުންދޫގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ މިއީ ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށް މި މިބާރާތް އިންތިޒާމްކުރާ ކުމުންދޫ ޔޫތު ސްޕޯޓްސް މަޢުލޫމާތުދެއެވެ. މުބާރާތުގައި ޖުމްލަ 5 ޓީމު ވާދަކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *