ކޮމަންޑޫ ދާއިރާ ގޮނޑި އެމްޑީޕީއަށް ލިބުމުން ބޭރުދުނިޔޭގެ އެހީ ލިބުމަށް ފަސޭހަވާނެ: ޤާސިމް

ކޮމަންޑޫ ދާއިރާ ގޮނޑި އެމްޑީޕީއަށް ލިބުމުން ބޭރުދުނިޔޭގެ އެހީ ލިބުމަށް ފަސޭހަވާނެ: ޤާސިމް

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2022 06:50
0

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވެރިކަންކުރާ މައި ޕާޓީގެ ކެނޑިޑޭޓަށް މިއިންތިޚާބު ކާމިޔާބު ވެއްޖެނަމަ ބޭރު ދުނިޔޭގައި ދިވެހި ސަރުކާރުގެ މަގުބޫލުކަން އިތުރުވެ، ރާއްޖެއަށް ބޭރުގެ އެހީ ލިބުމަށް ބޮޑުތަނުން ފަސޭހަ ވެގެންދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދިވެހި ރައްޔިތުނގެ ތާއީދު އޮތްކަން ބޭރު ދުނިޔެއަށް ހާމަކޮށް ދިނުމަށް ކޮންމެހެންވެސް ކާމިޔާބު ކުރަން މުހިންމު ގޮޑިއެއް ކަމަށެވެ.

ރާއްޖެއަކީ ބޭރުގެ ޤައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ޤައުމަކަށްވާއިރު، ކުރިއަށް އޮތް ތަނުގައިވެސް ދިވެހިންނަށް ބޭނުންވާ އެކި ކަންކަމުގައި ބޭރުގެ އެހީތެރިކަން ހޯދުމަށް މިގޮޑިއަކީ މުހިންމު ގޮޑިއަކަށް ވާނެކަމަށް ޤާސިމް ވިދާޅުވިއެވެ. ކޮންމެ ބަޔަކު އެހީތެރިކަމެއް ދިނަސް، އަދި ގުޅުންބޭވިޔަސް ސަރުކާރާއި ރައްޔިތުންނާއި މެދު އޮންނަ ގުޅުމަށާއި، ރައްޔިތުން ސަރުކާރު ބަލައި ގަންނަވަ ވަރު ބަލާނެކަމަށާއި، އެގޮތުން މިސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްކަން ދެއްކުމަށްވެސް މިގޮޑު ނަގަންޖެހޭކަމަށް ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުރިއަށް އޮތް 2 އަހަރު ވެސް ވެރިކަމުގައި ހުންނަވާނީ ރައީސް ސޯލިހު ކަމަށާއި، ރައްޔިތުންނަށް އޮތް ވާޖިބަކީ އެމަނިކުފާނަށް ވެރިކަން ކުރައްވަން ފަހިކޮށްދެއްވުން ކަމަށެވެ.

ގާސިމް ވިދާޅުވީ، ރައީސް ސޯލިހާއި އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް މަސައްކަތް ކުރައްވަނީ އެމްޑީޕީގެ މެމްބަރުން މަދުވެގެން ނޫން ކަމަށާއި މިހާރު ތިބި މެމްބަރުންނާއި އެކީ ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު ވެސް ލިބިގެންދާނެ ކަމަށެވެ. އެއާއި ހިލާފަށް މި ގޮނޑި ކާމިޔާބު ވެގެން ދިއުމަކީ ބޭރު ގައުމުތަކުގެ އެހީތަކާއި މަދަދު ލިބިގެންދާނެ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުމަކީ އެއަރޕޯޓަކަށްވުރެ މާބޮޑު ނިއުމަތެއް ކަމަށެވެ. އަދި މިތަނުގެ ތިން ރަށް ފަތުރުވެރިކަން ކުރާ ރިސޯޓްތަކަށް ބަދަވުގެން ދިއުމުން، ރަށުގެ އެތަކެއް ޒުވާނުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާލް
ބޮޑުސޭޓް ގެ ސިކުނޑި މިހާރު އިނީ ވާތުފައިގެ ބޮޑުވާއިނގިލި ކޮޅުގަ
އ އަހުރެން
ދިވެހިރާއްޖޭގައި އޮންނަ އިންތިޚާބެއްގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަކަމަށް ވިޔަސް ބޭރުދުނިޔެ އަށް ކޮންކަމެއް މިރައްޖޭގެ ރައްޔަތުންނަށް ކަންކަން ވަރަށް ސާފު މީހުން ވާވައްދަން ތިމަސައްކަތްކުރަށްވަނީ ޚޮދު ތިމަންނަގެ އަމިއްލަ އެދުން ބޮޑުކަމުންނޭ ބުނިއްޔާ މާ ތާހިރުވާނެ
ބ ބުރުނާ
ކޮމަންޑޫ ދާއިރާގެގޮޑި އެމްޑީޕީ އައްލިބިއްޖެތްޔާމަނިކުފާނުގެ އަނބިކަބަލުންނަށް ދެމިސްޓަރުކަންދެނީތޯ އާންމުންގެމެދުގަސުވާލުއުފެދޭ ؟؟؟