އަދުރޭ؛ ޤާސިމަށް: ބަލަގަ މިއީ ޝަމްސުއްދީންގެ ވެރިކަމެއްނޫން

އަދުރޭ؛ ޤާސިމަށް: ބަލަގަ މިއީ ޝަމްސުއްދީންގެ ވެރިކަމެއްނޫން

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2022 11:11
0

ރާއްޖޭގައި މިއަދު ވެރިކަމުގެ ނިޒާމާއި، އަދި ރާއްޖޭގައި ވެރިކަން ކުރަމުންދަނީ ޝަމްދީންގެ ވެރިކަން ނޫންކަމަށް ބުނާ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ރައްދެއް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއަށް ދެއްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ މޫސާ ފަތުހީގެ ކެމްޕެއިންގައި ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އަދުރޭ ވިދާޅުވީ، ރައީސް ޔާމީން މިއަދު މަގުމަތީގައި އުޅުއްވެނީ ރައީސް ޞާލިހުގެ އިހުސާންތެރިކަމުންކަމަށް ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް ޤާސިމަށް އެގެންވީ ކަމަކީ މިއީ މާކުރިން ރާއްޖޭގައި ވެރިކަން ކުރި ގޮތަށް ވެރިކަން ކުރެވޭނެ ނިޒާމެއް ނޫންކަމަށާއި، ރައްޔިތުން ތިބީ ނުހަނު ހޭލާ ކަމަށެވެ.

ޤާސިމް މަސައްކަތް ކުރައްވަނީ އަމިއްލަ މީހާގެ ޖީބު ބޮޑުކޮށް، އަނބިކަނބަލުންގެ ވަޒީފާ ހިމާޔަތް ކުރުމަށް ކަމުގައި އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާސިމަކީ އަބަދުވެސް އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާ، ރައްޔިތުންގެ ލާބަޔަށް ވިސްނާ ބޭފުޅެއް ނޫންކަމަށެވެ.

ބަލަގަ މީ ޝަމްސުއްދީނުގެ ވެރިކަމެއްނޫނޭ. ތިޔަ އުޅެނީ މޮޔަފުޅު ވެގެންނޭ. އަޅުގަނޑުމެން މިތިބީ ހަމާގައޭ. އަޅުގަނޑުމެންގެ ބުއްދި އެބަހުއްޓޭ. އަޅުގަނޑުމެން މިޤައުމައި ދޭތެރޭގައި ވިސްނަމޭ. އަޅުގަނޑުމެން ފިކުރު ކުރަމޭ. ކިހިނެތް ވެގެންތޯ ތިއުޅެނީ. އަމިއްލަ ޖީބު ބޮޑުކުރަން ތިއުޅެނީ. އަނބިމީހާގެ ވަޒީފާ ހިމާޔަތް ތިކުރަނީ.

– އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ރޭގެ ޖަލްސާގައި ކޮމަންޑޫ ދާއިރާގެ ގޮޑި ޕީޕީއެމްއަށް ދިނުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިގޮޑި ޕީޕީއެމަށް ދޭންވީ އެއީ މޫސާ ފަތުހީ އެގޮޑިއަށް ކުރިމަތި ލެއްވުމަކުން ނޫންކަމަށާއި، މިއީ ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާ ގޮޑިއެއްކަމަށެވެ. ދިވެހި ޒުވާނުންގެ މުސްތަގުބަލާއި، ރާއްޖޭގެ ސިޔާދަތާއި ގުޅުން އޮތް ގޮޑިއަކަށް މިގޮޑިވާއިރު، މިގޮޑި ޕީޕީއެމްއަށް ކާމިޔާބު ވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ފޯރީގައި ކޮމަންޑޫ ދާއިރާގައި ކެމްޕެއިން ކުރަމުންދާއިރު، ރޭ މަލޭގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެން މާލޭގައިވެސް ވަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.