މުރައިދޫގެ ޕީޕީއެމް ވެރިކަމެއްގައި ތަޅާލާނެ: މަލީހު

މުރައިދޫގެ ޕީޕީއެމް ވެރިކަމެއްގައި ތަޅާލާނެ: މަލީހު

Author
މުޙައްމަދު ޝަޒައިމް
28 ޖެނުއަރީ 2022 10:23
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ޚާއްސަކޮށްފައިވާ މުރައިދޫގެ އަށް ކުރަމުންދާ ޚަރަދުތަކަކީ، އިސްރާފު ބޮޑު ބޭކާރު ޚަރަދުތަކެއް ކަމަށާއި، ޕީޕީއެމްގެ ވެރިކަމުގައި މުރައިދޫގެ ތަޅާލާނެކަމަށް ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ފަތުޚީ ކެމްޕެއިންގައި މިރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، މިސަރުކާރުން ކުރަމުންދަނީ މުޅިން ބޭކާރު އިސްރާފު ބޮޑު ޚަރަދުތައް ކަމަށެވެ. ރައްޔިތުންގެ ޓެކެސް ފައިސާއިން އިންތިހާއަށް ހޭދަކޮށް، ހިންގަމުންދާ ޚަރަދުތަކަކީ ރައްޔިތުންނަށް އެކަމުން ބޮޑެތި ގެއްލުންތައް ކުރާ ހޭދަތަކެއްކަމަށެވެ.

މިސަރުކާރުން ކުރިހާވެސް ކަމަކީ އަވަށްޓެރިންނަށް ބަދަލު ދިނުމާއި، ގާތްތިމާގެ މީހުންނަށް ވަޒީފާ ދިނުމާއި، ތިމާމެންގެ ޖާހާއި ލައްޒަތު މަތި ކުރުންކަމަށެވެ. މިމަސައްކަތުގެ ތެރެއިން ކުރީގެ ރައީސް އަދި ރައީސް ޞާލިހުގެ އެކުވެރިޔާ ރައީސް ނަޝީދު ދިރިއުޅުއްވަން ދައުލަތުން ބޮޑު ބަޖެޓެއް ކަނޑައަޅައި، ހޭދަކުރަމުންދަނީ ރައްޔިތުން ނިކަމެތި ކުރުމަށް ކަމަށެވެ.

ޕީޕީއެމްއެމްގެ ވެރިކަމެއްގައި އެގެއަކީ ތަޅާލާނެ ގެެއެއްކަމަށާއި، ރައްޔިތުންގެ މާލިއްޔާއިން ޕީޕީއެމްއިން ބޭކާރު އިސްރާފު ޚަރަދު ނުކުރާނެކަމަށެވެ. އަދި އެފައިސާއިން ކުރާނެ ޚަރަދަކީ ދިވެހި ރައްޔިތުންގެ ތަރައްޤީއާއި ކުރިމަގަށް ކުރާ ހޭދަތަކަށް ކަމުގައި މަލީހު ވިދާޅުވިއެވެ.

ބޮމުގެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް ބޭނުންވާ ސިއްހީ ފަރުވާ ޖަރުމަނާއި އިނގިރޭސިވިލާތުން ހޯއްދެވުމަށާއި އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން ވަނީ 2.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެދެބޭފުޅުންނަށް ރަސްމީ ގެކޮޅާއެކު ޚަރަދުތައް ބެލެހެއްޓުމަށް 12 މިލިޔަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ބަޖެޓުގައި މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދަށް 6.8 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ބިއުރޯ ހިދުމަތްތަކަށް، 1،293،136 ރުފިޔާ، ކޯޕަރޭޓް ހިދުމަތްތައް 3،210،812 ރުފިޔާގެ އިތުރުން، ހައުސްހޯލްޑް ހިދުމަތްތައް 2،357،668 ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ށ ށަވިޔަނި
އެހެންވީއިރު ޒުވާނުން ޖޫރިމަނާ ކޮށްގެން ނަގާހުރިހާ ލާރިއެއް މިދެނީ ރައީސް ނަޝީދައްތާ ސާބަހޭޞާލިޙު ސާބަހޭ ޤާސިމު ސާބަހޭ ޢަދާލަތު
އ އަލީ
ޕީޕީއެއ އެމްޑީޕީއެއ ކިޔާނ ކަމެއ ނެތ މުޅިންވެސ އެއްބާވަތެއްް ވަބ ރައްޔިތުންނަށ ޖެހެނީ ތިޔައ ފައްކ މަރުމޯލެއް އިރުކޮޅަކ7ންް އަންނ ބޮނޑ ބޮޑުކުރާނީީ ޔާމީނަށ އެއއޗެހިި ގޮވާނީ މ ބަލ ރައްޔިތުންގ ކިބައިނ ފިއްލަވާފަންދޭވެ
އ އަޅީ ބިން ޔޫސުފް
މީނަ އާއި ޖަމީލާއި ދެބެއިންނަށް ހަމަ ރަގަޅަށް މިތިބީ ނަޝީދު ފޯބިޔާ ޖެހި ފޯވެފައެވެ. ނިދާފައޮންނައިރުވެސް ހަމަޔަގީނުން ހުވަފެނުންވެސް ފެންނާނެއެވެ. ހަސަދައަކީ ތިމާ އަނދާ އަޅިކޮއްލާ އެއްޗެއްކަން މިދެބެންގެ ބަހާއި އަމަލުން ވަރަށް ސާފުވެއެވެ.
ނ ނާޗޫރު
ވެރިކަމަކަށް ނާދެވޭނެ %100 ފޮތް ލިސްޓަށް ސަލާމް ޖެހުން ނައްތާލީ އެމްޑީޕީީީީ ބޭސްފަރުވާއަށް ސަލާމް ޖެހުން ނައްތާލީ އެމްޑީޕިި ރަށުބަންދުން ފިލުވަދިނީ އެމްޑީޕީީ އެކަނިވެރި މައިންނަށް އިނާއަތް ދިނީ އެމްޑީޕީންް ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް އެހީވެދިނީ އެމްޑީޕީީީ އުމުރުން ދުވަސްވީމީހުނައް އިނާޔަތް ދިނީ އެމްޑީޕީީ ޝޭޚުންނަށް އަގަހުޅުވާލަދިނީ އެމްޑީޕީ ފެނާއި ނަރުދަމާ އަދި ބޯހިޔާވެހިކަމަކީ އަސާސީ ހައްގެއް ކަމަށް ދެކުނީ އެމްޑީޕީީީީީީީީީީ އަދިވެސް އަދިވެސް ހިންދަމާ ލެވުނީ އެމްޑީޕީ ސަރުކާރުން ދެން ކިހިނެއްހޭ ހަމަހޭ ހުރި މީހަކު ބުއްދިސަލާމަތުން ހުރިމީހަކު އެމްޑީޕީ ނޫންބަޔަކަށް ވޯޓުދޭނީ ކިހިނެއް؟؟؟ މިދެއްނެވި ކަންތައްތަކަށް ރިޔާޔަތް ކޮށް އެމްޑީޕީއާއި ދެކޮޅަށް ވޯޓު ދިނުމަކީ މަކުރޫހު ކަމެއް އަދިކީއް އެމްޑީޕީ އާއި ދޮކޮޅަށްދޭ ވޯޓްއަކީ ހަރާމް ވޯޓަކަށްވާނީ އަދިކީއްތަ އެމްޑީޕީ ނޫންމީހަކަށް ވޯޓް ދޭނީ މުނާފިގުން މިންވަރަށް އީމާން ނުވާމީހުން. ގައުމުގެ ހުރިހާ ރައްޔަތުންނަށް ގޮވާލަން ދުނެޔެ ގިޔާމަތާއި ޖެހެންދެންވެސް އެމްޑީޕީ ނޫންބަޔަކަށް ވޯޓެއް ނުދޭން ވ. ސަލާމް
ނ ނާޗޫރު
ވެރިކަމަކަށް ނާދެވޭނެ %100
ނ ނާޗޫރު
ޔާމިނުގެ ގެ ތަޅާލާފަ ޕާކެއް ހަދަން ސަރުކާރަށް ވޮވާލަން