ގަވާއިދުން ނެރެމުން ނުދާ 52 ނޫސްމަޖައްލާ އުވާލަނީ

ގަވާއިދުން ނެރެމުން ނުދާ 52 ނޫސްމަޖައްލާ އުވާލަނީ

Author
މުޙައްމަދު ޝަޒައިމް
26 ޖެނުއަރީ 2022 06:55
0

ގަވާއިދުން ނެރެމުން ނުގެންދާ 52 ނޫސްމަޖައްލާ އުވާލުމަށް ހޯމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހޯމް މިނިސްޓްރީން ވަނީ ނޫސްމަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ ދަށުން 2019 ޑިސެމްބަ 31 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން ގަވާއިދުން ޝާއިޢުނުކުރާ ނޫސް، މަޖައްލާ، އޮންލައިން ނޫސްތަކުގެ ލިސްޓް އާންމުކޮށްފައެވެ.

ނޫސްމަޖައްލާ ފަދަ ތަކެތި ޝާއިޢުކުރުމާއި ބެހޭ ގަވާއިދު 29 ވަނަ މާއްދާގައިވާގޮތަށް މިލިސްޓުގައި ބަޔާންކޮށްފައިވާ ނޫސް، މަޖައްލާ، އޮންލައިން ނޫސްތައް ގަވާއިދުން ނުނެރޭނަމަ 28 ފެބްރުއަރީ 2022 އިން ފެށިގެން ނޫސްމަޖައްލާގެ ދަފްތަރުން އުނިކޮށް އުވާލާނެކަމަށް ބަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން އުވާލަން ނިންމާފައިވާ ފާހަގަކޮށްލެވޭ ބައެއް ނޫސް މަޖައްލާތަކަކީ އިނގިރޭސި ބަހުން ނެރެމުން ދިޔަ މޯލްޑިވްސް އިންޑިޕެންޑެންޓު ނުވަތަ ކުރިން މިނިވަން ނޫހާއި، ރައީސް އޮފީހުން ރަޖިސްޓްރީކޮށްފައިވާ ސަރުކާރު ހަބަރުވެސް ހިމެނެއެވެ.

އެ ލިސްޓްގައި 46 އޮންލައިން ނޫހަކާއި، ތިން މަޖައްލާ އަކާއި، ދެ ވެބްސައިޓަކާއި، ދުވަހު ނޫހެއް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަހުމަދު
އެއްފަހަރު "ލާދީނީ" އަނެއްފަހަރު "ދީނީ" ކިޔާ ދެފުއްކެހެރިންގެ ވަޒީފާ އުވާލާކަށް ނުވޭތޯ