މާޝިއަލް ސެވިއްޔާ އަށް ބަދަލުވެއްޖެ

މާޝިއަލް ސެވިއްޔާ އަށް ބަދަލުވެއްޖެ

Author
ޔޫސުފް
26 ޖެނުއަރީ 2022 05:26
0

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިނުގެ ސެވިއްޔާއަށް ބަދަލުވެއްޖެއެވެ.

ސެވިއްޔާ އަށް މާޝިއަލް ބަދަލުވީ މި ސީޒަނުގެ ނިޔަލަަަށެވެ. ސެވިއްޔާ އިން ވަނީ މީގެކުރިންވެސް މާޝިއަލް އެ ކްލަބަަށް ގެނައުމަށް މަސައްކަތްކޮށްފައެވެ.

އުމުރުން 26 އަހަރުގެ މާޝިއަލް މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނީ 2015 ވަނަ އަހަރުއެވެ. 2015 ވަނަ އަހަރު 36 މިލިއަން ޕައުންޑްގެ ފީއަކަށްޔުނައިޓެޑަށް ބަދަލުވެ  އޭނާ ވަނީ އެ ކްލަބާއެކު 4 އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރު މާޝިއަލް ވަނީޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އިތުރު 5 އަހަރަށް އާކޮށްފައެވެ. އެހެންކަމުން މިހާރު ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނައަހަރުއެވެ.

މާޝިއަލް ވަނީ މިހާތަނަށް ޔުނައިޓެޑާއެކު ހަ ސީޒަން ހޭދަކޮށްފައެވެ. އަދި ޔުނައިޓެޑާއެކު އޭނާ ވަނީ އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕް އަދިޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ޔުނައިޓެޑަށް ކުޅެދިން 269 މެޗުގައި 79 ލަނޑު ޖަހާފައެވެ.

ސެވިއްޔާ މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ތާވަލުގެ ދެވަނައިގައެވެ. އަދި އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.