މަހްލޫފްގެ ޝަރީޢަތް ފަށާނީ ކޯވިޑްގެ ހާލަތު ރަނގަޅުވުމުން: ކްރިމިނަލް ކޯޓް

މަހްލޫފްގެ ޝަރީޢަތް ފަށާނީ ކޯވިޑްގެ ހާލަތު ރަނގަޅުވުމުން: ކްރިމިނަލް ކޯޓް

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2022 12:39
0

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފުގެ ޗަރީއަތް ފަށާނީ ކޯވިޑްގެ ހާލަތު ރަނގަޅުވުމުންކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅަފައިވަނީ މިދިޔަ އަހަރުގެ ނިވެމްބަރު މަހުގެ 24ގައެވެ. މަޚްލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޯޓަށް ޙާޒިރުކޯށްގނެކްމަށް ވާތީ، ކޯވީޑްގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ ޝެޑިއުލްކޮށް ކުރިއަށް ގެންިދއުމަށް ޤާޟީ ނިންމަވާފައިވާކަމަށެވެ.

މަޙުލޫފުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 2014ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީއެވެ.

ޚިޔާނާތުގެ ތުހުމަތުތާކާއެކު ދެފަހަރެއްގެ މަތިން މިނިސްޓަރ މަޚްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރިނަމަވެސް އެކަމަކު ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ފާއިތުވުމާއި ގުޅިގެން ސަރުކާރުންވަނީ މަޚްލޫފްގެ ސަސްޕެންޝަން އުވާލައްވާފައެވެ.

އެންމެފަހުން އޭނާ މަސައްކަތުގެ މާހައުލުން އެކަހެރިކުރިތާ 4 މަސް ފަހުން ސަސްޕެންޝަން އުވާލުމުން މިނިސްޓަރ މަޚުލޫފު މަސައްކަތަށް ނިކުންނަވަން ފެއްޓެވީ މިދިޔަ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުގައެވެ.

މިނިސްޓަރ މަޚުލޫފުވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަށް ދޮގުކުރައްވައި، ފައިސާ ލިބުނު މުޢާމަލާތަކީ ޑޮލަރު ގަތުމުގެ ސައްޙަ މުއާމަލާތެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވިކިލީކުސް
މަޑޫތައް ނެއްޓި އޮޑި އަޑިއަށް ހިނގައިދާނެތީ ހުރިހާ ވަގުން އެކަތިގަނޑަކަށް ވަނީ