އަޅުގަނޑަށް ތުހުމަތުކުރެވޭ ކޮރަޕްޝަނެއްވާނަމަ އޭސީސީއަށް ހުށަހަޅުއްވާ ތަޚުޤީގު ކުރައްވާ: މާރިޔާ

އަޅުގަނޑަށް ތުހުމަތުކުރެވޭ ކޮރަޕްޝަނެއްވާނަމަ އޭސީސީއަށް ހުށަހަޅުއްވާ ތަޚުޤީގު ކުރައްވާ: މާރިޔާ

Author
މުޙައްމަދު ޝަޒައިމް
25 ޖެނުއަރީ 2022 04:10
0

އެއްވެސް ހިސާބަކުން މިނިސްޓަރ މާރިޔައަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ކަމެއްވާނަ އެމައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއަށް ހުށަހަޅުއްވައިގެން ތަހުގީގް ކުރެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިފަދައިން ވިދާޅުވީ އެކަމަނާގެ ދަރިކަލުން އިނގިރޭސި ވިލާތުން 1.5 މިލިޔަން ޕައުންޑަށް ގެއެއް ބައްލަވައިގެންފައިވާ ކަމަށްބުނެ މިކަމުގެ ތަފްސީލް ހޯދުމަށް ނޫސްވެރިޔަކު މިނިސްޓަރ މާރިޔާއަށް ފޮނުވި ޕްރައިވެޓް މެސެޖަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އެކަމަނާގެ ދަރިކަލުންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ އަދި އިނގިރޭވި ވިލާތުގެ ޤާނޫނީ ވަކީލެއްކަމަށެވެ. އޭނާ އަމިއްލަ މަސައްކަތުން ހޯދާ ފައިސާއާއި، ކުރާ މަަސައްކަތް އިންތިޚާބުތަކާއި ދިމާކޮށް ހަދާ ހެޑްލައިނަކަށް ވުމަކީ ދެރަކަމެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގައި ގާނޫނީ ވަކީލެއް ކަމަށްވާ އަޅުގަނޑުގެ 40 އަހަރުވީ ދަރިއެއްގެ މަސައްކަތާ އޭނާގެ އާމްދަނީ، މިސަރުކާރާ ގުޅުވާ، އިންތިޚާބުތަކާ ދިމާކޮށް، ހަދާ ސުރުޚީ އަކަށް ވުމަކީ ދެރަަކަމެއް.

– މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވަނީ މިމެސެޖާއިއެކު ޓުވީޓެއް ކުރައްވާފައެވެ. މާރިޔާ ވިދާޅުވީ އޭނާގެ ދަރިފުޅަކީ ދުވަހަކުވެސް އެމްޑީޕީގެ ސަރުކާރުތައް ހިމެނޭހެން އެއްވެސް ސަރުކާރެއްގައި ދައުލަތުގެ އެއްވެސް މަޤާމެއް ނުވަތަ ވަޒީފާއެއް އަދާކުރި ކުއްޖެއް ނޫންކަމަށެވެ. އޭނާއަކީ އަމިއްލަ މަސައްކަތުން ފެށުނީއްސުރެއް ރާއްޖެއިން ބޭރުގައި މަސައްކަތް ކޮށްގެން އުޅުއްވާ ކުއްޖެއްކަމަށެވެ.

ކޮރަޕްޝަންގެ ތުހްމަތެއް އަޅުގަނޑަށް ކުރައްވާނަމަ އެކަމެއް ACC އަށް ހުށަހަޅުއްވާ ތަހްޤީގް ކުރައްވާ. އަޅުގަނޑު ދަރިފުޅަކީ MDPހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަޤާމެއްނޫނީ ވަޒީފާއެއް އަދާކުރި ނުވަތަ ކުރާ ކުއްޖެއްނޫން. ފެށުނީއްސުރެ ރާއްޖޭންބޭރުގަ އަމިއްލަ މަސައްކަތް ކުރާކުއްޖެއް.

– މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއްވެސް ކަމެއްގައި އެކަމަނާއަށް ތުހުމަތު ކުރެވޭ އެއްވެސް ކޮޕަރްޝަންގެ މައްލައެއް ނުވަތަ ތުހުމަތު ކުރެވޭ ކަމެއްވާނަ އެކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން އެމައްސަލައެއް ތަހުގީގް ކުރެއްވުމަށް އެދޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙާބެ
ޢޭރުންވާނެ ގޮތަކީ އޭ ސީ ސީ ހުރި އިމާރާތްވެސް ބިންގަޑާ އެކުނަގަން އަންގާނެ ޢެހެންނުވާނެ ނަމަ ތި ޒީރޯ ޓޮލެރެންސް އިން ކެއްވި ހުރިހާ މެމްބަރުން ކޮބާ
ލ ލާސް
ރަންޔިތުންް ގުބޯޯ ހައްދަންް މަސައްކަތްްނުކޮށްް އިހުލާސްތެރިވިއްޔާާ ކީއްތޯވާނީ