ކާޑެއްދޫ އެއާޕޯޓާއި ހަވާލުވެވޭނީ، އިތުރަށް ރަށެއް ދިނުމުން: ވިލާ އެއާ

ކާޑެއްދޫ އެއާޕޯޓާއި ހަވާލުވެވޭނީ، އިތުރަށް ރަށެއް ދިނުމުން: ވިލާ އެއާ

Author
މުޙައްމަދު ޝަޒައިމް
25 ޖެނުއަރީ 2022 03:27
0

ކާޑެއްދޫ އެއާޕޯޓް ހިންގުމާއި ހަވާލުވެވޭނީ، އިތުރު ރަށެއް ދިނުމުން ކަމުގައި ވިލާ އެއާއިން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެއްބަސްވުން ބާތިލުކޮށް އެއަރޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާކަމަށް ބުނެއެވެ.

ކޯޓުގެ މި ނިންމުމާއެކު ވިލާ އެއަރއިން ވަނީ މި މައްސަލާގައި ސިވިލްކޯޓާއި ހައިކޯޓްގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދެކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ވިލާ އެއަރއާ އެއްކޮޅަށެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ކަނޑައަޅާ އެއަރޕޯޓް ވިލާއާއި ހަވާލުކުރުމަށް ދެކޯޓުގެ ހުކުމްގައިވެސް ވެއެވެ.

ދަށުކޯޓްގެ ނިންމުންތައް ސުޕްރީމްކޯޓްގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. މި މައްސަލަ ނިންމާ ސުޕްރީމްކޯޓުން ނިންމި ނިންމުމުގައިވެސް ވަނީ ދަށުކޯޓްގެ ނިންމުންތަކަށް ތާއިދުކޮށް އެނިންމުންތައް ދަމަހައްޓާފައެވެ. ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް އޭގެފަހުން 8 މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް މިހާތަނަށް ވިލާ އެއަރއާއި އެއަރޕޯޓް ހަވާލުކޮށްފައެއް ނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ސުޕްރީމް ކޯޓްގެ ހުކުމާއި އެއްގޮތަށް ކާޑެއްދޫ އެއަރޕޯޓް ވިލާ އެއަރއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެކަމުގެ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ކާޑެއްދޫ އެއރޕޯޓް ވިލާ އެއަރއާއި ހަވާލުކުރެވޭނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

ޓްރާސްޕޯޓުން އެއާޕޯޓް ހަވާލު ކުރުމަށް ނިންމި ނަމަވެސް ވިލާ އެއާއިން ނިންމާފައިވަނީ އެއާޕޯޓް ހިންގުމަކީ އޭގެ ޒާތުގައި ފައިދާވާ ކަމެއް ނޫން ކަމަކަށްވާތީ އެއާޕޯޓުތައް ހަވާލު ކުރާއިރު، ހަރަދު ފޫބެއްދުމަށް ވިލާ އެއާ އަށް ވެސް ރަށެއް ބޭނުންވާނެ ކަމަށެވެ.

ވިލާއިން މިހާރު ކުރިއަށް ގެންދަނީ އެއާޕޯޓާ ހަވާލުވުމުގެ އިދާރީ މަސައްކަތްތައް ކަމަށާއި އެއާޕޯޓުގެ ތަރައްގީގެ ޕްލޭންތައް ވެސް އެ ކުންފުނިން ހަދަމުންނެވެ. އެއާޕޯޓާ ހަވާލުވުމަށް ފަހު، މިހާރުގެ ޓާމިނަލް މަރާމާތު ކުރުމުގެ މަސައްކަތް ފަށައި މިހާރު ހުރި މައްސަލަތައް ހައްލު ކުރަން ވެސް ފަށާނެ ކަމަށް ވިލާ އެއާއިން ވަނީ ބުނެފައެވެ.

ކާޑެއްދޫ އެއަރޕޯޓް މިހާރު ހިންގަމުން އަންނަނީ ރީޖަނަލް އެއަރޕޯޓްސް އިންނެވެ. ކާޑެއްދޫ އެއަރޕޯޓްގެ ހާލަތު ދަށަށްދާކަމުގެ ޝަކުވާ ގިނަވެފައިވަނިކޮށް، އެ އެއަރޕޯޓަށް މީހުން އަރާ ފޭބުމަށް ބޭނުންކުރަމުން އައި ބަނދަރުގެ ޖެޓީގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ. އެމްޓީސީސީން މިހާރު ދަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަގޭގައުމު
ކިހާބޮޑު ކަމެން މިބުރުމާގެ ނުހުރުއްޕާންކޮންމެސަރުކާރަކައް މި ދަހިސާދާގަރު މާތްﷲގެވާގިފުޅާއެއްކު ކަކޫމައްޗައްތިރިވާކައްމާގލނަދުވަސްތަކެއްނެތް ދެހާސްތޭވީސް ހިޔާފުލެޓުގެރައްޔަތުންނާއެކު މިސަރުކާރު ބަލިކޮއް އާސަރުކާރާއެކުމިގައުމު ފަސާދަކުރާމީހުން މުޅިންއެކަހަރިކޮެއްގައުމުއާމިސްރާބަކައް ބަދަލުކޮއްލާނިވެރިޔަކީ ތަރައްގީގެބާނީއެވެ؟؟
ލ ލާސް
mivaran insaanunge ladu keduneema janavaarekee insaanekee tafaatuvaanebaa