ތިނަދޫގައި ފިޔަވަޅުތައް ހަރުކަށިކޮށް، 7 ގަޑިއިރަށް ކާފިއު ހިންގަނީ

ތިނަދޫގައި ފިޔަވަޅުތައް ހަރުކަށިކޮށް، 7 ގަޑިއިރަށް ކާފިއު ހިންގަނީ

ގދ.ތިނަދޫގައި ކޯވިޑް ކޭސްތައް އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިނަދޫގައި ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން އެޗް.ޕީ.އޭ އިން ރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާތީ 24 ޖަނަވަރީން ފެށިގެން 07 ދުވަހުގެ މުއްދަތަށް ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާކަމަށެވެ.

ތިނަދޫން ކޮވިޑް-19 ގެ އައު ވޭރިއަންޓަށް ބަޔަކު ޕޮޒިޓިވްވެ، ބަލިޖެހޭ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ އެޗް. ޕީ.އޭ އިން ރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންގުމުގައި ބަޔާންކޮށްފައިވާ ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތިނަދޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމާފައިވާކަމަށެވެ.

އެގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް:
• އެއް ގެއިން އަނެއްގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.
• ރޭގަނޑު 09:00 އިން ފެށިގެން ފަތިހު 04:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާއްމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން. ނަމަވެސް ރަށުގައި ބަލިފެތުރުމުގެ ޙާލަތަށް ބަލައި މިފިޔަވަޅު އަޅާފައިވާ ވަގުތަށް ބަދަލު ގެނެވޭނެއެވެ.
• ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.
• ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
• އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި ޢާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން.
• ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
.• ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި، ގިނަ ބަޔަކު ބައިވެރިވެގެން ކުރިއަށްގެންދާ ކަސްރަތުގެ ޙަރަކާތްތައް ހިންގުން
ހުއްޓައިލުން.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެރަށުން އިއްޔެ އެކަނިވެސް 48 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެރަށުގައި މިހާރުވެސް ބަލި ޖެހިފައި ތިބި 161 މީހަކު އެބަތިއްބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *