ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް ކޮންމެ އަހަރަކު އާއްމު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ 10 ގިންތި ދަށަށް ދާންޖެހުނު މައިގަނޑު ސަބަބުތައް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ހާމަކޮށްދެއްވައިފިއެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް، ނުވަތަ ސީ.ޕީ.އައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ ގައުމުތަކުގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރުކުރާ ދިރާސާތަކުގެ މައްޗަށެވެ.
2020 ވަނަ އަހަރުގެ ސީ.ޕީ.އައިއިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ 40 ޕޮއިންޓާއެކު 85 ވަނައެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތު މިހިސާބަށް ދާންޖެހުނު މައިގަނޑު ސަބަބުތަކާއި ގުޅޭގޮތުން ސައީދު ވިދާޅުވީ ދައުލަތުގެ ހުރިހާ ބާރެއް ސަރުކާރުގައި އޮވެ، އިންތިހާއަށް ކޮރަޕްޝަން އިތުރުވަމުންދަނީ ސަރުކާރުން އެކަމަށް މަގުފަހި ކުރަމުންދާތީކަމަށެވެ. ސަރުކާރުން ވިދާޅުވީ ކޮރަޕްޝަންގެ ކަންކަން އިންތިހާއަށް ބޮޑުވާއިރު، މިމައްސަލަތައް ބަލަން އޮތް ކޮމިޝަން އޮތީ ކައްވަޅުގައިކަމަށެވެ. އޭސީސީގެ އެއްވެސް މެމްބަރެއްނެތި ޤާނޫނީ ހުސްކަމެއްގައި އޮންނަތާ މިހާރު މަހަކަށްވުރެއް ގިނަ ދުވަސްވީއެވެ.
މީގެ އިތުރުން 4 ބިލިޔަން ރުފިޔާ ފައިސާ ޗާޕްކޮށް، އެފައިސާއިން ނުވެގެން އިތުރަށް ފައިސާ ޕްރިންޓު ކުރަން ހުއްދަ ހޯދައި، ޗާޕްކުރާ ފައިސާއިން ކުރި ކަމަކީ ބަދަލު ދިނުންކަމަށެވެ. ޓާޓާ ކުންފުނިން އެއްވެސް މަސައްކަތެއް ނުކޮށް އެތައް އަހަރެއް ވެފައިވާއިރު، ބަދަލުގެ ގޮތުގައު އެތައްސަތޭކަ މިލިޔަނުން ފައިސާ ދީފައިވާކަމަށް ސައީދު ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުގެ އެންމެ އަގުހުރި އެއް ރައުސުލްމާލު ކަމުގައިވާ ރާއްޖޭގެ ރަށްތައް މާލޭގެ އެޕާޓްމަންޓުގެ އަގާއި އެއް އަގެއްގައި އާރިސޯޓް ތަރައްޤީ ކުރުމަށް ދޫކުރުމަކީވެސް މިދަރަޖަށް ދައުލަތުގެ ކޮރަޕްޝަންގެ ކަންކަން ދިޔަ ސަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. ހަމަ އެހެންމެ ކޯވިޑާއި ގުޅިގެން މެޑިކަލް މާފިޔާއެއް އައިސްފައިވާއިރު، ޤައުމު އޮތީ މިހުރިހާ ކަމަށާއިއެކު 106 ބިލިޔަންގެ ދަރީގައިކަމަށް ސައީދު ވިދާޅުވިއެވެ.
މަޖިލީހާއިސަރުކާރު!
– ACC ކައްވަޅުގަ
– 4ބޕްރިންޓް
– އިތުރު ޕްރިންޓް ގެހުއްދަ
– ޕްރިންޓްކޮށް ފަބަދަލު
– މާލިއްޔަތު ޤާނޫނު ސަސްޕެންޑް
– ޓާޓާ(ކަމެއްނުކޮށް) އެތައްސަތޭކަ މިލިއަން ރުފިޔާ
– އާރިސޯޓް އެޕާޓްމަންޓު އަގުގަ
– ދަރަނި 106 ބިލިޔަނުން މަތީގަ
– މެޑިކަލްމާފިއާ
ގޯސްވާނީއިންޑެކްސްހެދިބަޔަކު!
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައި ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމާއި ތަންފީޒުކުރުމުގައި އަދިވެސް ފަހަތަށް ޖެހޭކަމަށެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ، ރާއްޖޭގައި އެކި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަން ފާހަގަކޮށްފައެވެ.
2021 – 85 ވަނަ / 40 ޕޮއިންޓް
2020 – 75 ވަނަ / 43 ޕޮއިންޓް
2019 – 130 ވަނަ / 29 ޕޮއިންޓް
2018 – 124 ވަނަ / 31 ޕޮއިންޓް
2017 – 112 ވަނަ / 33 ޕޮއިންޓް
2016 – 95 ވަނަ / 36 ޕޮއިންޓް
ކޮރަޕްޝަންގެ އަމަލުތައް މަދުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންދާއިރު، ސަރުކާރުން ދަނީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއެކު، މުޢައްސަސާތައް ދެފުށް ފެންނަ ގޮތަކަށް ހިންގެވުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.