ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް ކޮންމެ އަހަރަކު އާއްމު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ 10 ގިންތި ދަށަށް ވެއްޓިއްޖެއެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް، ނުވަތަ ސީ.ޕީ.އައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ ގައުމުތަކުގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރުކުރާ ދިރާސާތަކުގެ މައްޗަށެވެ.
މި އިންޑެކްސް ގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކަ އާއި ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ. ސީ.ޕީ.އައިގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރެވޭ ނަތީޖާއެއް ބޭނުންކޮށްގެންނެވެ.
2020 ވަނަ އަހަރުގެ ސީ.ޕީ.އައިއިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ 40 ޕޮއިންޓާއެކު 85 ވަނައެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައި ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމާއި ތަންފީޒުކުރުމުގައި އަދިވެސް ފަހަތަށް ޖެހޭކަމަށެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ، ރާއްޖޭގައި އެކި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަން ފާހަގަކޮށްފައެވެ.
2021 – 85 ވަނަ / 40 ޕޮއިންޓް
2020 – 75 ވަނަ / 43 ޕޮއިންޓް
2019 – 130 ވަނަ / 29 ޕޮއިންޓް
2018 – 124 ވަނަ / 31 ޕޮއިންޓް
2017 – 112 ވަނަ / 33 ޕޮއިންޓް
2016 – 95 ވަނަ / 36 ޕޮއިންޓް
ކޮރަޕްޝަންގެ އަމަލުތައް މަދުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންދާއިރު، ސަރުކާރުން ދަނީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއެކު، މުޢައްސަސާތައް ދެފުށް ފެންނަ ގޮތަކަށް ހިންގެވުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
ކޮމެންޓު ފޮނުވާ