މެމްބަރު ވިސާމު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

މެމްބަރު ވިސާމު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
24 ޖެނުއަރީ 2022 10:34
0

ރައްޔިތުންގެ މަޖިލީހުގެ ލ.ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ވިސާމް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އޭނާ ވަނީ ހާމަކޮށްފައެވެ. އެނާ ކުރި ޓުވީޓުގައި ބުނެފައިވަނީ ކޯވިޑަށް ޕިޒިޓިވް ވުމާއި ގުޅިގެން ގޭގައި އެކަހެރި ވެފައިވާކަމަށެވެ. އަދި ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރަމުންދާކަމަށެވެ.

މެމްބަރު ވިސާމް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ދެދުވަސް ކުރިން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުންދާއިރު، ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކުގެ އިތުރުުން، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިނުވެއެވެ. އެޗްޕީއޭއިން ބުނެފައިވަނީ މިބަލީގައި ފިޔަވަޅު އެޅުމުގެ ބަދަލުގައި ގެންގުޅޭ ވިސްނުމަކީ ބައްޔާއެކު އުޅެވޭނެ ގޮތެއް ހޯދުންކަމަށެވެ. ޚާއްސަކޮށް ސާފްތާހިރުކަމާއި، މާސްކު އެޅުމާއި، އަތްދޮވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން މިއަދުވެސް ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 52 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މައިމޫން
ވާޖިބު އަދާ ނުކުރުމުން މުޅި ދައުލަތް ފުނޑެނީ. އިބްރަތް ހޯއްދަވާ މެމްބަރު އަވަސްކުރައްވަާ