ކާފަރުންގެ ކާފަރު ކަމާއިމެދު ޝައްކު ކުރުމަކީ ކޮންކަހަލަ ކަމެއް؟

ކާފަރުންގެ ކާފަރު ކަމާއިމެދު ޝައްކު ކުރުމަކީ ކޮންކަހަލަ ކަމެއް؟

ގުޅުންހުރި

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد:

ﷲ އަށް ޝަރީކު ކުރާ މީޙުންނަކީ ކާފަރުންކަން ގަބޫލު ކުރަން ޖެހޭނެއެވެ.

އަދި އެމީހުން ކުރަމުން ގެންދާ ޝިރްކުން ބަރީއަވާން ޖެހޭނެއެވެ. ސޫރުތުއް ޒުޚްރުފްގެ 26 އިން 28 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ ﴿٢٦﴾إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ ﴿٢٧﴾وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ ﴿٢٨﴾) މާނައަކީ: "إبراهيمގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قومގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަން ކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަ ވެގެންވަމެވެ. އިސްވެދިޔަ مثالއަކާނުލައި ތިމަން ހެއްދެވި ރަސްކަލާނގެ މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ. އަދި އެބަސްފުޅު (އެބަހީ: لاإلهإلاّاللَّهމި كلمةފުޅު) އެކަލޭގެފާނުގެ ދަރިކޮޅުގައި ދެމި އޮންނާނޭ ބަސްފުޅެއްކަމުގައި ލެއްވިއެވެ. އެއީ اللَّهގެ މަގަށް އެއުރެން رجوع ވުމަށްޓަކައެވެ".

ސޫރަތުލް މުމްތަޙިނާގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّـهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّـهِ وَحْدَهُ إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا أَمْلِكُ لَكَ مِنَ اللَّـهِ مِن شَيْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ) މާނައަކީ: "إبراهيمގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައި މީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވާކަން ކަށަވަރެވެ. (އެއީ) އެއުރެން، އެއުރެންގެ قومއަށް ބުނި ހިނދެވެ. ހަމަކަށަވަރުން، ތިޔަބައި މީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަން ކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެން ވަމުއެވެ. ތިޔަބައި މީހުންގެ دين އަށް ތިމަންމެން إنكارކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައިعداوةތެރި ކަމާއި، ރުޅިވެރިކަން ވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّهއަށް ތިޔަބައިމީހުން إيمانވެއްޖައުމަށް ދާނދެނެވެ. إبراهيمގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު މެނުވީއެވެ. ހަމަކަށަވަރުން، ތިބާއަށް ފާފަ ފުއްސެވުން އެދި ތިމަން ކަލޭގެފާނު دعاءކުރައްވާ ހުށީމެވެ. (އެހެނެއްކަމަކު) اللَّهގެ حضرةން ތިބާއަށްޓަކައި އެއްވެސްކަމެއް ކޮށްދިނުމުގެ ބާރެއް ތިމަންކަލޭގެފާނަކަށް ލިބިގެނެއް ނުވެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަ ރަސްކަލާނގެއަށް އަޅަމެން وكيلކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަ ރަސްކަލާނގެ حضرةއަށް އަޅަމެން رجوعވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަ ރަސްކަލާނގެ حضرةއަށެވެ".

މިއީ އިބްރާހީމް ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ މިއްލަތުގެ މީހުންގެ ޢަގީދާ އެވެ. އެއީ ކާފަރުންގެ ކާފަރުކަމުން ބަރީއަ ވެގެންވުމެވެ. އަދި އެމީހުން ﷲއަށް ޝިރްކު ކުރާ ކުރުމަކީ ބާޠިލް ޢަގީދާ އެއް ކަން ގަބޫލު ކުރަން ޖެހޭނެއެވެ.

އެހެންކަމުން މުސްލިމުންގެ ޢަގީދާ އަކަށްވެސް ވާން ޖެހޭނީ ކާފަރުންގެ ކާފަރުކަން ގަބޫލު ކުރުމެވެ. އަދި އެމީހުން އެތިބީ ބާޠިލް ގޮތުގައި ކަން ގަބޫލު ކުރުމެވެ. އެބައިމީޙުން އީމާން ވުމަށް ދާން ދެންނެވެ.

ސޫރަތުލް ބަގަރާގެ 256 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّـهُ سَمِيعٌ عَلِيمٌ ) މާނައަކީ: " ފަހެ، شيطانއާޔަށް كافرވެ اللَّهއަށް إيمانވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدةގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތިދިޔުމެއް އެޔަކަށް ނުވެއެވެ. اللَّهއީ، މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ".

واللهأعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ