އެލްޗޭ އަތުން ބަލިނުވެ ރެއާލް ސަލާމަތްވެއްޖެ

އެލްޗޭ އަތުން ބަލިނުވެ ރެއާލް ސަލާމަތްވެއްޖެ

Author
ޔޫސުފް
24 ޖެނުއަރީ 2022 01:32
0

ސްޕެނިޝް ލީގުގައި މިރޭ ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗުން ރެއާލް ބަލިވާން ދަނިކޮށް ފަހު ވަގުތު އެޑާ މިލިޓާއޯ ޖެހި ލަނޑާއެކު ރެއާލް ބަލިނުވެސަލާމަތްވެއްޖެއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އަށް ވަނީ ޕެނަލްޓީ އެއް ލިބި ކާމިޔާބު ނުކުރެވިފައެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ކަރީމްބެންޒެމާ ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑި މަތިން ބޭރަށެވެ. މެޗުގައި އެލްޗޭ އިން ލީޑު ނެގީ 43 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ،ލޫކަސް ބޮޔޭއެވެ.

ދެވަނަ ހާފު ފެށިގެން އެޑެން ހަޒާޑް އޭރިއާ ތެރެއިން ޑިފެންޑަރެއް ކައިރިން ނައްޓަން އުޅުމުގެ ތެރޭގައި ވެއްޓުމުން ރެފްރީ ޕެނަލްޓީ އެއް ކަމަށް ނިންމި ނަމަވެސްވީއޭއާރު ބެލުމަށް ފަހު ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ. އެލްޗޭ އިން މި މެޗުގައި ލީޑު ފުޅާކުރި ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ. ޕެރޭމިލާއެވެ.

އެލްޗޭ އިން 2 ލަނޑުގެ ލީޑެއް ނެގުމާއެކު ރެއާލުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން 81 ވަނަ މިނިޓުގައިލިބުނު ޕެނަލްޓީއަކުން މޮޑްރިޗް ވަނީ ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މި މެޗުން ރެއާލް ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު 90 މިނެޓުހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ، އެޑާ މިލިޓާއޯއެވެ.

މި ނަތީޖާ އާއެކު ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ހޯދި 50 ޕޮއިންޓާއެކު ރެއާލް އޮތީ 1 ވަނައިގައެވެ. 2 ވަނައިގައި 46 ޕޮއިންޓާއެކުސެވިއްލާ އޮތްއިރު، 3 ވަނައިގައި އޮތީ 40 ޕޮއިންޓާއެކު ރެއާލް ބެޓިސްއެވެ. އަދި 4 ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 21 މެޗުން ލިބުނު 36 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.