މާލޭގެ ރައްޔިތުންނަށް ގޯތިދޭން ވެފައިވާ ވައުދާއި ޚިލާފުވެފައިވާތީ މާލެއިން ގޯތި ހޯދުމަށް ކުރަމުންދާ ސިލްސިލާ އިޚްތިޖާޖު ތަކުގެ ތެރެއިން ހުޅުމާލޭ ސިފައިންނާއި، ފުލުހުންގެ ފްލެޓްތައް ކައިރީގައި ސުލްޚަވެރި އިޚްތިޖާޖެއް ކުރަން ފަށައިފިއެވެ.
ހުޅުމާލޭ ސިފައިންނާއި، ފުލުހުންގެ ފްލެޓްތައް ކައިރީގައި ކުރަމުންދަނީ ދިރިއުޅުމުގެ އިޚްތިޖާޖީ ހަރަކާތެވެ. މިހަރަކާތުގަގެ ބައިވެރިން ތިބީ ގޯތި ހޯދުމަށް އެދި ބެނާތަކާއި ބޯޑުތައްވެސް ހިފައިގެންނެވެ. މި ހަރަކާތުގެ ފޮޓޯތަކުން ބައެއް މީހުން އޮށޯވެ ތިބި ދެން ތިބި މީހުން ޝުއޫރު ފާޅުކުރަމުންދާ މަންޒަރުފެނެއެވެ. މި ހަރަކާތަކީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި ހިމެނޭ ބަޔަކު އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
Breaking news:
Male’ rayyithunah MDP in goathi nudheyn nimmuaa gulhigen Male’ rayyithun goathi hiadhan hingaa vathanee harakaathun Hulhumale’ MNDF/Police flat thah kaireega tent gai dhiri ulhumuge harakaatheh kuriyah dhanee @PoliceMv @MohamedNasheed @ibusolih @MDPSecretariat pic.twitter.com/NqRZjRiH9D
— Shuaib Ali ?? (@ShuaibMaldives) November 6, 2020
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ޝުއައިބް އަލީ ވިދާޅުވީ މި ހަރަކަތަކީ ސުލްހަވެރި ހަރަކާތެއް ކަމަށާއި، ރައްޔިތުންގެ އަސާސީ ޙައްޤު ހޯދުމަށް މިކުރެވޭ މަސައްކަތަކީ ރައްޔިތުންގެ ޙައްޤުގައި ކުރާ މަސައްކަތެއްކަމަށެވެ. އަދިމިހަރަކާތަކީ ސުލްހަވެރިކަމާއި ކުރާ އިޚްތިޖާޖެއްކަމަށެވެ.
މާލެ ސަރަހައްދުގައި ކުރިއަށްގެންދާ މަޝްރޫޢުތަކަކީ މިހާރަށްވުރެ ބޮޑަށް މާލޭގެ ރަށްވެހިންނަށް ފުރުސަތު ލިބޭ މަޝްރޫޢުތަކަކަށް ހަދަންޖެހޭކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ، އިތުރު އެހެން ރަށަކުން އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭނެ ފަންސާސް ހާހަށްވުރެ ގިނަ އާއިލާ މާލޭގައި ދިރުއުޅެމުންދާކަމަށެވެ. މި އާއިލާތަކަކީ ހަމައެކަނި މާލެއަށް ޚާއްސަކުރާ ބޯހިޔާވަހިކަމުން ގެދޮރު ލިބޭނެ މީހުންކަން ފާހަގަކުރައްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރަށްޔިތުންނަށް ޚާއްސަކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިތުރުކުރަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
ހިޔާ ހައުސިންގ މަޝްރޫޢުގައި ހިމެނޭ 7000 ހައުސިންގ ޔުނިޓްގެތެރެއިން މާލޭގެ ރަށްވެހިންނަށް ޚާއްސަކޮށްފައިވަނީ 1000ހައުސިންގ ޔުނިޓެވެ. ނަމަވެސް އެކި ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތައް ފައިނަލް ކުރިއިރު ހުސްވި ޔުނިޓްތައްވެސް ވަނީ، މާލޭގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއަށް އިތުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ