މޭޔަރު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް

މޭޔަރު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް

Author
މުޙައްމަދު ޝަޒައިމް
23 ޖެނުއަރީ 2022 03:28
0

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

މޭޔަރު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ސޯޝަލް މީޑިއާ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް، މީހަކު މަރާލާނެކަމަށް އިންޒާރު ދިނުމާއި ގުޅިގެންނެވެ.

މިމައްސަލަ މިހާރު ޕޮލިހަށް ހުށަހަޅާފައިވާއިރު، މިމައްސަލައާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައިވެއެވެ.

މާލެ ސިޓީ ކައުންސިލަށް ޑރ.މުއިއްޒު އިންތިޚާބުވިފަހުން މާލެ ސިޓީގެ ތަރައްޤީއަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، އެކަންކަން ދާއިމީ ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، މިކަމުގައި އޮތް ހުރަހަކީ ސަރުކާރުން ލިބެންޖެހޭ އެއްބާރުލުން ނުލިބުންކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނާނާ
ނުބަލާނެ