ރައީސް ޔާމީން އިންޑިއާ ސަރުކާރަށް: މިފަސްގަނޑުގައި އަސްކަރީ ސިފައިން ތިބުމަށް މެހުމާންދާރީއެއް ނެތް

ރައީސް ޔާމީން އިންޑިއާ ސަރުކާރަށް: މިފަސްގަނޑުގައި އަސްކަރީ ސިފައިން ތިބުމަށް މެހުމާންދާރީއެއް ނެތް

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2022 06:13
0

ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމަކަށްވާއިރު، ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަށް މަހުމާންދާރީއެއް ނެތްކަމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ރ.ދުވާފަރުގައި، ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ވަރަށް ޖޯޝާއިއެކު ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް ފަސްގަނޑެއްގައި ބޭރުގެ އެއްވެސް އަސްކަރީ ސިފައިންނަށް ޖާގަ ދިނުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތެއް ނޫންކަމަށެވެ. މިއަދު ދުވާފަރުން ފެނިގެންދާ މަންޒަރަކީ މުޅި ދިވެހި ޤައުމާއި ރައްޔިތުން އެދޭ ގޮތް ކަމަށާއި، މިފަސްގަނޑުގައި ތިބި ބޭރުގެ އަސްކަރީ ސިފައިން މިހާރުން މިހާރަށް ފޭބުމަކީ ކުރަންޖެހޭ ކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މިބައްދަލުވުމުގައި އިންޑިއާ ސަރުކާރަށްވެސް ވަރުގަފަ މެސެޖްތަކެއް ދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖޭގައި އަސްކަރީ ސިފައިން ބޭތިއްބޭނެކަމަށް ދެކޭ ދެކުމަކީ ކުށްހީއެއް ކަމަށެވެ. މިއަދު މުޅި ރާއްޖޭގައި މިކުރެވޭ މަސައްކަތަކީ އިންޑީއާ އަސްކަރީ ސިފައިން ރާއްޖެއަށް ބޭލުމުގެ މަސައްކަތް ކަމަށާއި، ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށްވެސް އަދި އެނޫން ޤައުމެއްގެ އަސްކަރިއްޔާއަކަށްވެސް ޖާގައެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގައި ދިވެހިންގެ މިނިވަންކަމަށް ބުރޫއަރައި، ދިވެހިންނަށް ކުރިމަތިވި ކޮންމެ ހިތްދަތިކަމެއް ކުރިމަތި ވެފައިވަނީ އިންޑިއާގެ އައްސޭރިފަށުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިހަރާއި އެހެން ފަހަރުތަކާއިވެސް ކަންކަން ހިނގަމުންދަނީ ދާދި އެއްގޮތަކަށް ކަމަށާއި، މިފަހަރުވެސް ވަކި ބައެއްގެ އަމިއްލާ އެދުމާއި، އަމިއްލަ މަސްލަހަތުގައި ކުރަމުންދާ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ވެވޭ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަ ކުރައްވާފައެވެ.

ވަސީލަތްތަކެއް ނެތިގެން ނޫން މިއުޅެނީ. އިޚުލާސްތެރިކަމެއް ނެތިގެން މިއުޅެނީ. ކުންފުނިތައް ވިއްކާލައިފި. ހުރިހާ ރަށްތަކެއް، ފަޅުތަކެއް ދަނީ ވިއްކަމުން. އެއްވެސް އިޚުލާސްތެރިކަމެއްނެތް. މިކަންކަމާއި ދެކޮޅަށް ދިވެހި ރައްޔިތުން މިނިކުންނަނީ.

– ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުތް ހަރަކާތް ހުއްޓާލަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި އެފަދަ އެއްވެސް ސަބަބެއް ނުވެސް ދެއްކޭކަމަށެވެ. އިންޑިއާ އައުޓް ހަރަކާތަކީ ދިވެހިންގެ މިނިވަންކަމުގެ ސިފާއުގައި ކުރާ ބޮޑު ޤައުމީ ޖިހާދަކަށްވާއިރު މިހަރަކާތް ހުއްޓަންޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށްވެސް ނުދެއްކޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މޭމަތި ފުރާލައި އިންޑިއާ އައުޓް ޖެއްސެވުމަކީ ހުތުރު ކަމެއްކަމަށް މި ބުނަނީ. މިހެން ވިދާޅުވާ ބޭފުޅުން ދުރޫސުލް އަޚުލާގުގެ ކަންފުޅެއްވެސް ނެތީމަ ނޫންތޯ މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ގޮސް ބޭރުގެ ސިފައިން މިތާ ބައިތިއްބައިގެން މިއުޅެނީ. އަޚުލާގުގެ ކަންފުޅެއްވެސް ނެތީ ރާއްޖެއަށް އައްދާރުވަމުންދާ މީހުންގެ.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިމަސައްކަތަކީ ހުއްޓުވޭނެ މަސައްކަތެއް ނޫންކަމަށެވެ. އަދި ގޭގޭގެ ފާތުތަކުގައާއި، އަމިއްލަ އަންނައުގުނުގައި އިންޑިއާ އައުޓް ޖެހުން ހުއްޓުވުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ރައީސް ޔާމީން ވަނީ މިބައްދަލުވުމުގައި، ޚާއްސަ ދުޢާއެއްވެސް ކުރައްވާފައެވެ. މިދުޢާ ޚާއްސަ ކުރައްވާފައިވަނީ ރާއްޖޭގެ މިނިވަންކަންމަތީ ތާއަބަށް ލެހެއްޓުވުމުގެ މައްޗަށެވެ.

ރައީސް ޔާމީނާއި، އެމަނިކުފާނުގެ ޓީމުން ދުވާފަރަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެ ގުޅި
ރަށްޔިތުންގެ ފައިސާ އަމިއްލަ އެކައުންޓަށްލައި އެއިން މަންފާ ހޯދާ މީހަކު ރަށްޔިތުންގެ ފަރާތުންނޭ ބުނެ ދައްކާ ވާހަކައެއް ގަބޫލު ކުރާނީ ކިހިނެތް. އިންޑިޔާ ސިފައިން ފޭބުމުގެ ކުރިން އެކައުންޓަށް ލައިގެން އުޅޭ ރަށްޔިތުންގެ އެތައް މިލިޔަން ރުފިޔާއެއް މާލިއްޔާއާ ހަވާލު ކުރުން މާ އައުލާކަން ބޮޑެވެ.