ގދ. ކާޑެއްދޫ އެއަރޕޯޓް ހިންގަން ވިލާ ކުންފުންޏާއި، ހަވާލުކުރުމަށް ކޯޓުން ހުކުމް ކުރި ނަމަވެސް، އެއާޕޯޓްގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކުރެވިގެން ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފްގެ ފާޑުކިޔުން ޤާސިމް އިބްރާހިމްއާއި، މިނިސްޓަރ ނަހުލާއަށް އަމާޒުވެއްޖެއެވެ.
ގދ.ކާޑެއްދޫ އެއަރޕޯޓް ޖެޓީ ވެއްޓުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އެދާއިރާގެ ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. އެއަރޕޯޓް ބޭނުންކުރާ ފަރާތްތަކުން އެރަށަށް އަރާ ފޭބުމަށް ބޭނުންކުރަމުން އައި ޖެޓީގެ ބޮޑު ބައެއް މިއަދު ވަނީ ކަނޑައިގެން ވެއްޓިފައެވެ. ހުވަދު އަތޮޅުގެ ރިސޯޓްތަކުން ގިނަ ޢަދަދެއްގެ ފަތުރުވެރިން ބޭނުންކުރަންޖެހޭ އެ ބަނދަރު އެ ހާލަތުގައި އޮތުމަކީ ދެރަކަމެއްކަމަށް، މެމްބަރު ފިރުޝާންވެސް ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައެވެ. ނަަވެސް ގދ. ކާޑެއްދޫ އެއަރޕޯޓް ހިންގަން ވިލާއާއި ހަވާލުކޮށް ހެދި އެއްބަސްވުން ދައުލަތުން އުވާލީ ގޯސްކޮށްކަމަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސުޕްރީމްކޯޓުން ވަނީ ކަނޑައަޅާފައެވެ.
ސަނީފް ވިދާޅުވީ ކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ކާޑެއްދޫ އެއާޕޯޓްގެ ތަރައްޤީގެ އެއްވެސް ކަމަކާއި ވިލާ ކުންފުނިން އުޅޭތަން ނުފެންނަކަމަށެވެ، ފެނިގެންދަނީ ދެމަފެރިން ވިޔަފާރީގައި އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން މަސައްކަތް ކުރާތަން ކަމަށެވެ.
ހުވަދު އަތޮޅު މުޅި ދުނިޔެއަށް ހުޅުވާލީ ކާޑެއްދޫ އެއާޕޯޓް މެދުވެރިވެގެން. މިއަދު މިހާލަތަށް ދިޔައިރު ކޯޓުން ކުރި ހުކުމް ކޮބައިތޯ؟ ދެމަފިރިންގެ ވިޔަފާރި ކުރިޔަށް. ރައްޔިތުން ބިކަވަނީ.
– ސަނީފް ވިދާޅުވިއެވެ.
ކާޑެއްދޫ އެއަރޕޯޓްގެ 50 އިންސައްތައަށް ވުރެ ބޮޑުބައެއް މިއަދޔ ވެޓިފައިވާކަމަށް އެސަރަހައްދުގެ ބައެއް މީހުން ބުނެފައިވެއެވެ. އެއާޕޯޓް ޖެޓީއަށް ލިބިފައިވާ ގެއްލުންތައް ސާވޭ ކުރުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ވަނި ފަށާފައެވެ.
5 Responses
ސަނީފް ކަލޯ މީއީކަލޭ ދުއްވިލޯންޗެއްނޫން ކިހާވަރެއް ބޭނުންވެގެން ތިއުޅުއްވަނީ އިސްތިއުފާދީ އަހަރެމެން ބޭނުންވާ ވަރައް ތިނަދޫއާއި ކާޑެއްދޫ ތަރައްޤީކުރެވިދާނެ ތިނަދޫއިން ފެށިގެން ކާޑެއްދޫއައް ބުރިޖް ޔަޤީން އެޅޭނެކަން އެކަމަކު އިޚްލާސްތެރިކަމެއް ނެތޭ ކޮން ވާހަކައެއްދައްކަން
ކޯޓުގެ ހުކުމާ އެއްގޮތަށް ކާނޑެއްދޫ އެއަރޕޯޓް ވިލާޔާ ހަވާލުކޮށްފައި އޮތްނަމަ ތިހެން ބުނެވުނީސް އެކަމަކު ހުކުމާ އެއްގޮތަށް ސަރުކާރުން ޢަމަލު ކޮށްފައެއްނެތް އެހެންވކިމާ ތިކަމުގައި ޒިއްމާވާންޖެހޭނީ ސަރުކާރާއި މިހާރު އެއރޕޯޓު ހިންގާ އެތަނުން ފައިދާ ހޯދާ ކުންފުންޏެއް
އެއްބަސްވުން ރައީސް ޔާމީން އުވާލެއްވީ 100% ރަނގަޅަށްކަން ސުޕްރީމް ކޯޓަށް އޭރުވެސް އިނގޭނެ. މިހާރު ވަކިން ބޮޑަށް އިނގޭނެ. ޝުކުރިއްޔާ ރޔ
ގާސިމަކީީ މިގައުމައްް ދިމާވެފާވާާ މުސީބާތެއްް މިކަންް ކޮންމެެ ވެރިކަމެއްގައިވެސޮޮ ހިގާގޮތްް ރަންޔިތުންޮ ވަރައްބޮޑައްް ވިސްނަންވީ
ޚަލޯ ސަނީފު ވާހަކަ ނުދައްކާ ހުރޭ.ކަލޭވެސް ތިދަނީ ޖެހުނު ތަނަކުން ކަމުން.ވަރިކުުރިފުޅަށް ވަޒީފާ ހަމަޖެއްސީ ނުފޫޒާ ބާތުގެ ބޭނުން ކޮށްގެނެ.ގާބިލު މީހުން ކުރިމަތި ލާފަ ތިއްބާ .