މަކުނުދޫ ދާއިރާ މެމްބަރުު ރާއީ ކޯވިޑަށް ޕޮޒިޓިވްވެއްޖެ

މަކުނުދޫ ދާއިރާ މެމްބަރުު ރާއީ ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މެމްބަރު ރާއީ ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތް ކުރެގެން މިއަދު ނެގި ސާމްޕަލުންނެވެ. ރާއްޖޭގައި ހަލުވި ކަމާއިއެކު ކޯވިޑަށް-19 ފެތުރެމުންދާއިރު، ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭމީހުންގެ އަދަދުވެސް ވަނީ މައްޗަށް ގޮސްފައެވެ. އަދި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ މައްޗަށް އަރަމުންނެވެ.

މިއަދުވެސް ކޯވިޑްގައި 4 މީހަކު ވަނީ ނިޔާވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2000 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެ 40 އަށްވުރެ ގިނަ މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އެޗްޕީއޭއިން ވަނީ ނިސްބަތުން ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވަމުންދާނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށް ބުނެފައެވެ.

ކޯވިޑުގެ ނުރައްކާތެރިކަން ބޮޑުވެގެންދާއިރު، ރައްކާތެރިކަމުގެ މާބޮޑު ފިޔަވަޅެއް ކަމާއިބެހޭ ފަރާތްތަކުން އަޅަމުން ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ