މޫސަ ޒަމީރަށް: މާލެ-ހުޅުލެ ބްރިޖް އަޅާފަ ރައްޔިތުންގެ ބޮލުގަ ދަރަނި އެޅުވީ ސިޓީ ކައުންސިލްގަ ތިއްބަވައިގެން!

މޫސަ ޒަމީރަށް: މާލެ-ހުޅުލެ ބްރިޖް އަޅާފަ ރައްޔިތުންގެ ބޮލުގަ ދަރަނި އެޅުވީ ސިޓީ ކައުންސިލްގަ ތިއްބަވައިގެން!

ގުޅުންހުރި

މާލެއާއި ހުޅުލެ ގުޅާލި ބްރިޖް އެޅީ ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާފައިކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު މާލެ ސިޓީ ކައުންސިލަށް ފާޑުވިދާޅުވެއްޖެއެވެ.

މޫސާ މަނިކު ސިޓީ ކައުންސިލަށް ފާޑުވިދާޅުވެގފައި މިވަނީ، މަތި ކޮމަންޑޫއާއި ކޮމަންޑޫ ގުޅުވާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުއަށް، މާލެ ސިޓީގެ ބަޖެޓުން ފައިސާ އުނިކޮށް އެ ފައިސާ ޚަރަދުކުރާކަމަށް މާލެ ސިޓީގެ ކައުންސިލްގެ އެމްޑީޕީ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވުމާއި ގުޅިގެންނެވެ.

އެ ވާހަކަތަކަށް ރައްދުދެއްވާ މޫސާ މަނިކު ވިދާޅުވީ، މުޅިރާއްޖޭގެ ރައްޔަތުން ބޮލުގަ ދަރަނި އަޅުވާފަ ހުޅުމާލެ ބްރިޖްއެޅީ މާލޭސިޓީ ކައުންސިލްގަ ތިއްބަވައިގެންކަމަށެވެ. މޫސަ ވަނީ، ރާއްޖޭގެ ރަށެއްގެ ތަރައްޤީއަށްކުރާ މަސައްކަތެއްގެ ސަބަބުން މާލޭސިޓީކައުންސިލްގެ ބަޖެޓު އުނިވާވާހަކަ ނުދެއްކުމަށްވެސް ގޮވާލައްވާފައެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވި، މާލެ ސިޓީގެ ރައްޔިތުންނަށް މިހާރު ޚިދުމަތް ދޭންޖެހެނީ މާލޭގެ އެކި ތަންތަނުގެ އެކި ޢިމާރާތުން އެކި ޚިދުމަތްކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ދަތިވާކަން ފާހަގަކުރައްވާ ޒަމީރު ވަނީ އެކަން ހައްލުކުރުމަށް ބަޖެޓްގައި ފައިސާ ހިމެނިކަމަށްވެސް ވިދާޅުވެފައެވެ.

ޒަމީރު ވިދާޅުވީ، މާލެ ސިޓި ކައުންސިލުން ޚިދުމަތް ދެމުން މިދަނީ "ބުޅާ ހަތް ހާއްޔަށް ލާހެން" ކަމަށެވެ އެކި ތަންނުގައި އެކި ޚިދުމަތް ދެމުން ދާއިރު މާލެ ސިޓީގެ ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ޚިދުމަތްދޭން ޢިމާރާތެއް އެޅުމަށް ސަރުކާރުން 18 މިލިއަން ރުފިޔާ ކަނޑައެޅިކަމަށެވެ. ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ އެންމެ ގޮނޑިއެއް ހޯދުމަށް މާލެ ސިޓީގެ ބަޖެޓުން ފައިސާ އުނިކޮށް ދެ ކޮމަންޑޫ ގުލުވާލުމަށް ޚަރަދުކުރާކަމަށް ޒަމީރު ތުހުމަތުކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ 65 ގޮނޑި އޮއްވާ އެންމެ ގޮނޑިއެއްގެ ބޭނުމުގަ އަޅުގަނޑުމެންގެ މާލެސިޓީ ރައްޔިތުންގެ ޢިމާރާތުގެ ބަޖެޓުން 7 މިލިއަން ރުފިޔާ އުނިކޮށްފަ ދެކޮމަންޑޫ ގުޅުވާލަން އެކުރާ ޚަރަދު ބަލައެއް ނުގަނެވޭ. އަދި އެމްޑީޕީ ކައުންސިލަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ބަލައެއް ނުގަނެވޭ. އެއީ މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތަކުން އުނިކޮށްފައެއް ކުއްލިއަކަށް އެހެންކަމަކަށް އެ ބަޖެޓް ޚަރަދުކުރާކަށް ބަލައެއް ނުގަނެވޭ.

– މާލެ ސިޓީ ކައުންސިލް އެމްޑީޕީ މެންބަރު އަޙްމަދު ޒަމީރު

ށ.ކޮމަންޑުއާއި އެރަށު ފަޅުގައި އޮތް މަތިކޮމަންޑޫ ގުޅާލުމުގެ ޢަމަލީ މަސައްކަތް  ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުއަކީ މި އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާ މަޝްރޫޢުއެއް ނޫނެވެ.

ށ.ކޮމަންޑުއާއި އެރަށު ފަޅުގައި އޮތް މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މިއަދު ފެށި މި މަޝްރޫޢު އަންނަ އަހަރުގެ ސެޕްތެމްބަރު ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ށ.ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ. އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ.

މި މަސައްކަތަކަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ތައްޔާރުކުރާނެއެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

އިންތިޚާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގައި ކުއްލިއަކަށް ގިނަ މަޝްރޫއުތަކެއް ހިންގާތީ އެއީ އިންތިޚާބަށް ނުފޫޒް ފޯރުވުންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

5 Responses

  1. ޒަމީރުމަކުފާނުމާލޭސިޓީކައުންސިލައްހޮވުމުހީވެންތިއުޅެނީދިވެދިވެހިދައުލަތުގެމާލިއްޔާގަހުރިފައިސާއަކީމާލޭރައްޔަތުންގެފައިސާކަމަށްލޯނުނަގަނީދިވެހިހުރިރއްޔަތުންމޯގޭޖުކޮފަށްޓެކުސްނަގަނީހުރިހާދިވެހީންއަތުންވީމާއަގަނައަރުތިބެވޭތޯބަލާ

  2. ކަލޯ ބުނަންތަ ވާހަކައެއް! ފަތިސްހަނދުވަރުގެ މަންޒަރެއްނޫނޭ ތިޔަ ސިފަވަނީކީ! ރައްޔިތުން ދެރީ ބުރިޖުގެ ސަބަބަކުންނެއްނޫން. ބުރިޖުން ރައްޔިތުންނަށްވީ ފަސޭހަ. ގެނުވީ އުފާވެރިކަން. ކަލޯ ތިހެން އަންދިހަ ބަންދިހަ ވެގެން ތެޅުނަސް ރައްޔިތުން ތިބީ ހަމާގައޭ.

  3. މީދެންކާކު. އައުޓް އޮފް ކަވަރޭޖް ފިލްމީ އަދި ސިޔާސީ ދާއިރާއިން ވެސް. ދެބޮއްގެރި.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ