އަންހެނުން ހައެޟު ދުވަސްވަރު ގެއްލޭ ނަމާދު ފަހުން ކުރަންޖެހޭނެތަ؟ 

އަންހެނުން ހައެޟު ދުވަސްވަރު ގެއްލޭ ނަމާދު ފަހުން ކުރަންޖެހޭނެތަ؟ 

ގުޅުންހުރި

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد

އަންހެނުން ޙައިޟުގެ ދުވަސްވަރުގައި ނަމާދު ކުރާކަށް ނުޖެހޭނެއެވެ. އަދިކިއެއްތަ، މިދުވަސްވަރުގައި އެކަނބަލުން ނަމާދުކޮށްފިނަމަ ފާފަވެރިވާނެއެވެ. އެއީ ﷲ ގެ އަމުރުފުޅާ ޚިލާފުވުމުގެ ސަބަބުންނެވެ. އަދި އެނަމާދަކީ ﷲ ގެ ޙަޟްރަތުގައި ގަބޫލުކުރެވިގެންވާ ނަމާދަކަށްވެސް ނުވާނެއެވެ.

عَنْ مُعَاذَةَ قَالَتْ سَأَلْتُ عَائِشَةَ فَقُلْتُ : ( مَا بَالُ الْحَائِضِ تَقْضِي الصَّوْمَ وَلا تَقْضِي الصَّلاةَ؟ قَالَتْ كَانَ يُصِيبُنَا ذَلِكَ فَنُؤْمَرُ بِقَضَاءِ الصَّوْمِ وَلا نُؤْمَرُ بِقَضَاءِ الصَّلاةِ)މުޢާޛާ އޭ ކިޔުނު ބޭކަނބަލަކު ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި ސުވާލު ކުރެއްވިއެވެ. "ޙައިޟުވެރިޔާ ރޯދަ ގަޟާކޮށްފައި ނަމާދު ގަޟާ ނުކުރަނީ ކީއްވެގެން ހެއްޔެވެ؟"، ޖަވާބުގައި ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައި ތިމަންމެންނަށް ތިޔަކަންތައް ލައިގަނެއެވެ. އަދި ރޯދަ ގަޟާ ކުރުމަށް އަމުރުކުރައްވައެވެ. ނަމާދު ގަޟާ ކުރުމަށް އަމުރެއް ނުކުރައްވައެވެ".

އިމާމް ނަވަވީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ޙައިޟުވެރިޔާ އާއި ނިފާސްވެރިޔާގެ މައްޗަށް ނަމާދެއް ރޯދަ އެއް އެވަގުތުގައި (ޙައިޟު، ނިފާސްގެ ވަގުތުގައި) ވާޖިވުވެގެން ނުވާ ކަމާއި މެދުގައި ދަންނަ ބޭކަލުން އިޖްމާޢު ވެލައްވައެވެ. އަދި އެކަނބަލުން ފަހުން އެރޯދަތައް ގަޟާ ކުރަން ޖެހޭނެ ކަމަށާއި، ނަމާދު ގަޟާ ކުރަން ނުޖެހޭނެ ކަމަށްވެސް އިޖްމާޢު ވެލައްވައެވެ.

ސަބަބަކީ ރޯދަ އާއި ޚިލާފަށް ނަމާދަކީ ބައިވަރު އެއްޗެހިތަކެއް ކަމުން ގެއްލިފައިވާ ނަމާދުތައް ގަޟާ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެތީވެއެވެ".

واللهأعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ