މި އަހަރު ބާއްވަން ކުރި ހަމަޖެއްސި ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސް ކޮށްފައިވި ނަމަވެސް މުބާރާތުގެ ފޯމެޓަށް ބަދަލު ގެނުމާމެދު އަދި ގޮތެއް ނިންމަން އަވަސްކަމަށް ޔޫއެފާއިން ބުނެފިއެވެ.
ޔޫއެފާއިން ނިންމާފަވަނީ މުބާރާތް ޔޫރަޕްގެ 12 ގައުމެއްގެ 12 ސިޓީގައި ބޭއްވުމަށެވެ. ކޯވިޑް-19 އާ ގުޅިގެން މުބާރާތް އަންނަ އަހަރު ޖޫންއަށް ފަސް ކުރުމަށް ޔޫއެފާއިން ނިންމީ މިދިޔަ މާޗް މަހުއެވެ. ކޯވިޑް-19 ގެ ހާލަތު ކަމަށް ވުމުން ޔޫރޯ ރަޝިއާގައި ބޭއްވުމަށް ޔޫއެފާއިން ވިސްނަމުންދާ ކަމަށް ކުރިން މީޑިޔާތަކުން ރިޕޯޓްކޮއްފައެވެ. އެހެންނަމަވެސް އެއްވެސް ރަސްމީ ސިފައެއްގައި އެޖަމިއްޔާއިން އެކަން ހާމަކޮށްފައެއް ނުވެއެވެ.
މުބާރާތް ބާއްވަން ހަމަޖެހިފައވާ 12 ސިޓީއަކީ، އިންގްލެންޑްގެ ލަންޑަން، އަޒަރުބައިޖާންގެ ބަކޫ، ޖަރުމަންގެ މިޔުނިކް، އިޓަލީގެ ރޯމް، ރަޝިއާގެ ސެއިންޓް ޕީޓާސްބާގް، ނެދަލެންޑްސްގެ އެމްސްޓަޑަމް، ސްޕެއިން ބިލްބާއޯ، ރޮމޭނިއާގެ ބޫކަރާސްޓް، ހަންގޭރީގެ ބުޑަޕެސްޓް، ޑެންމާކްގެ ކޯޕެންހޭގަން، ރިޕަބްލިކް އޮފް އަޔަލޭންޑްގެ ޑްބްލިން އަދި ސްކޮޓްލޭންޑްގެ ގަލަސްގޯ އެވެ.
ޔޫއެފްއާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މިހާރު އޮތް ހާލަތުން އެއްވެސް ކަމަކާ ބެހޭގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ.