30 އަހަރުތެރޭގައި ސެލްޓިކް ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ތިންމެޗުން ބަލިވެއްޖެ

30 އަހަރުތެރޭގައި ސެލްޓިކް ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ތިންމެޗުން ބަލިވެއްޖެ

ގުޅުންހުރި

ޔޫރޮޕާ ލީގުގައި ސްކޮޓްލެންޑްގެ ސެލްޓިކް އާއި ޗެކްރިޕަބްލިކްގެ ސްޕާޓާ ޕްރާ ވާދަކުރި މެޗު 4-1 ލަނޑުން ސްޕާޓާ ޕްރާ ކާމިޔާބުކޮށްފިއެވެ.

މިއީ 30 އަހަރުފަހުން ޔޫރަޕުގައި އަމިއްލަ ދަނޑުގައި ކުޅުނު ތިންމެޗުން އެޓީމު ބަލިވި ފުރަތަމަ ފަހަރުއެވެ. ރޭގައި މެޗުގައި ސްޕާޓާއިން ކުރިމަތިލީ އަމިއްލަ ލީގުގައި ސަސްޕެންޑް ކޮއްފަ އޮތުމާއި ޓީމުގައި އަނިޔާ އާއި ބެއެއް ކުޅުންތެރިން ބަލިވުމުން މެޗުގެ ކުރިން ބޭއްވި މަދު ތަމްރީން ތަކަށްފަހުއެވެ.

ރޭގެ މެޗުގައި ހެޓްރިކް ސްޕާޓާގެ ލޫކަސް ޖޫލިސް ވަނީ އެޓީމަށް ނުވަލަނޑު ކާމިޔާބު ކޮށްދީފައެވެ. ރޭގައި މިގުރޫޕްގައި އޭސީ މިލާނާއި ލިލް ވާދަކުރި މެޗު 3-0 ލަނޑުން ލިލް ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގައި ލިލްއިން ޖެހި ތިންލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދީފަވަނީ ޔޫސުޕް ޔަޒީސީއެވެ.

މިމޮޅާއެކު ލިލް ވަނީ ހަތް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. އެސީމިލާން ހަޕޮއިންޓާއެކު ދެވަނައިގަ އޮތްއިރު ސްޕާޓާ ތިންޕޮއިންޓާ އެކު ތިންވަނައިގަ އޮތްއިރު ސެލްޓިކަން ތިންމެޗުން ލިބުނީ އެންމެ ޕޮއިންޓެވެ. ރޭ މުބާރާތުގެ ސްކޮޓްލޭންޑް ރޭންޖާސް އާއި ޕޯޗުގަލްގެ ބެންފީކާ ވާދަކުރި މެޗު ނިމުނީ 3-3 ލަނޑުން އެއްވަރުވެގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *