ކެޓްރީނާ އާއެކު ފިލްމްއެއް ކުޅެން މާދަވަން ބޭނުން ވަނީ ރިތިކް ކަހަލަ ހަށިގަނޑެއް

ކެޓްރީނާ އާއެކު ފިލްމްއެއް ކުޅެން މާދަވަން ބޭނުން ވަނީ ރިތިކް ކަހަލަ ހަށިގަނޑެއް

Author
ފާތިމަތު ނާވީ
19 ޖެނުއަރީ 2022 07:28
0

މަލްޓި ޓެލެންޓެޑް އެކްޓަރ އާރް މާދަވަން، ބަތަލާ ކެޓްރީނާ ކައިފް އާއެކުގައި ފިލްމްއެއް ކުޅުމަށް، ސުޕަސްޓަރ ރިތިކް ރޯޝަން ކަހަލަ ހަށިގަނޑެއް ބޭނުން ވާކަމަށް ބުނެފިއެވެ.

ރިތިކް ކަހަލަ ފިޓް ހަށިގަނޑެއް ބޭނުން ވާކަމަށް ބުނެ ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އާރް މާދަވަން ބުނެފައިވަނީ ރިތިކަކީ އަބަދުވެސް އޭނާއަށް ވަރަށް ކަމުދާ އެކްޓަރެއް ކަމަށެވެ.

ހުނަރުވެރި އެކްޓަރު ބުނީ ރިތިކް ކަހަލަ ފިޓް އެކްޓަރަކަށް ވުމަށް ވަރަށް އެދޭ ކަމަށާއި އަދި އެކަމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ވެސް ޖެހޭކަމަށެވެ. އަދި އެފަދަ ހަށިގަނޑެއްގެ ވެރިޔަކަށް ވެވިއްޖެ ނަމަ ކެޓްރީނާ ކައިފް އާއެކު ފިލްމްއެއް ކުޅުމުގެ ފުރުސަތުވެސް ލިބިދާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މިއީ މާދަވަން ސަމާސާއަކަށް ދެއްކި ވާހަކައެއް ނަމަވެސް އޭނާގެ ސަޕޯޓަރުން، މި ދެތަރިން އެކުގައި ފިލްމެއް ކުޅުމަށް މިހާރު ވަރަށް ބޮޑަށް ބޭނުންވެފައި ތިބިކަން ހާމަކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި އަންނަނީ އެވާހަކަ ދައްކަމުންނެވެ.

51 އަހަރުގެ އެކްޓަރު ބުނި ގޮތުގައި އޭނާ އާއި ރިތިކާ ދެމީހުން ފިލްމީ ކެރިއަރު ފެށީ ގާތްގަނޑަކަށް އެކުއެކީ ކަހަލަ ގޮތަކަށެވެ.

މާދަވަން ބުނި ގޮތުގައި އޭނާ އެއްވެސް އިރެއްގައި އަމިއްލަ ސިފައާ މެދު ކަންބޮޑެއް ނުވެއެވެ.

 

View this post on Instagram

 

A post shared by R. Madhavan (@actormaddy)

"ރެހެނާ ހެ ތޭރޭ ދިލް މޭ" އާއި "ރަންގް ދެ ބަސަންތީ" އާއި "3 އިޑިއަޓްސް" ފަދަ ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައިވާ އެކްޓަރުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް، އަދިތިޔާ ޗޯޕްރާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް)ގެ ފުރަތަމަ ވެބް ސީރީޒް "ދަ ރެއިލްވޭ މެން" ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.