ސްކޫލު ފާރުގައި އިންޑިއާ އައުޓްޖެހީ އެމްޑީޕީން: ޝާޑު

ސްކޫލު ފާރުގައި އިންޑިއާ އައުޓްޖެހީ އެމްޑީޕީން: ޝާޑު

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2022 10:15
0

ސްކޫލު ފާރުގައި އިންޑިއާ އައުޓް ޖެހީ އެމްޑީޕީން ކަމަށާއި، އެކަން ކުރުމުގެ ބޭނުމަކީ ރައީސް ޔާމީން ހައްޔަރު ކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ ރައީސް ޔާމީނަކީ ސަރުކާރުގެ މުއައްސަސާތަކަށް ގެއްލުންދީ، މުއައްސަސާތަކުގައި އެތަންތަނާއި ނުގުޅޭ ޝިއާރު ލިޔަން ހިތްވަރު ދޭނެ ވެރިއެއް ނޫންކަމަށެވެ. ރައީސް ޔާމީން "އިންޑިއާ އައުޓް" ޖެހުމަށް ހިތްވަރު ދިނީ ގޭގޭގެ ފާރުތަކުގައާއި، އެނޫންވެސް ގޮތް ގޮތަށް ކަމަށެވެ.

ށ.ފުނަދޫ ސްކޫލް ފާރުގައި "އިންޑިއާ އައުޓް" ލިޔެ އެކަން ޕީޕީއެމްއާއި، ރައީސް ޔާމީންގެ އިސްތަށި ފުޅުގައި އެޅުވުމަށް މަސައްކަތް ކުރަނީ އެމްޑީޕީން ކަމަށާއި، މިކަމަކީ ސީދާ އެމްޑީޕީން ރާވައިގެން ރައީސް ޔާމީން ހައްޔަރު ކުރާނެ ގޮތެއް ނޭގި ގޮތް ހުސްވެގެން ކުރާ ކަމެއްކަމަށެވެ.

ރައީސް ޔާމީންގެ ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތަކީ ވަރަށް ރޭވުން ތެރިކަމާއިއެކު، ވަކި އުސޫލުތަކެއްގެ ތެރެއިން ހިނގާ ހަރަކާތެއް ކަމަށާއި، މިހަރަކާތުގައި މިހާތަނަށް އެއްލައްކަ ޓީޝާޓު މުޅި ރާއްޖެއަށް ބަހާލާފައިވާކަމަށެވެ. އެކަން ދިވެހި ރައްުޔިތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ އަސްކަރީ ސިފައިންނާއި ދެކޮޅަށް ބާއްވާ ހަރަކާތްތަކުން ފެންނާނެކަމަށް ޝާޑު ވިދާޅުވިއެވެ.

ޝާޑު ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންނަށްވެސް، އިންޑިއާގެ ޓީޗަރުންނަށްވެސް، ދެރަވާނެ އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގައި ތިބި ބޭރު މީހުންނަށް އެންމެ ފަސޭހަ ގޮތްތަކަށް މިހާތަނަށްވެސް ތަނަވަސް ކޮށްދެއްވި ރައީސް ކަމަށެވެ.

ށ.ފުނަދޫ ސްކޫލް ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންނަނީ ބަލަމުންނެވެ. މިމައްސަލައާއި ގުޅިގެން އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި ށ.ފުނަދޫގައި ކުރިއަށްދިޔަ ސިޔާސީ ޙަރަކާތެއްގެތެރޭގައި އިދިކޮޅު ލީޑަރަކު ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ލިޔަންވެއްޖެކަމަށް ބުނެ ވާހަކަދެއްކިތާ މާގިނައިރުތަކެއް ނުވެ އެރަށުގެ ސްކޫލްގެ ފާރުގައި މިޢިބާރާތުން ލިޔެފައިވާކަމަށެވެ. މިޢިބާރާތަކީ އެސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް ސީދާ ޓާގެޓްކޮށް ލިޔެފައިވާ ޢިބާރާތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައ ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސުންބުލި
ތިޕާޓީގައި އުޅެނީ ހުސް ސަޖިދައިގައި ތިބޭ މީހުން، ރައީސް ދަންޖައްސަން ގޮވާލީވެސް އެމްޑީޕީން. ޢެކަމަކު ޑުރަގާ، ސަރުކާރުގެ ވައްކަމާ، އަދި ނުވިތާކަށް ދޯދިޔާވެރިކަމުގައި ހިނގި ބޮޑެތި ޖަރީމާތައް ކޯޓުތަކުގެ މޭޒުތައް ފުރާލާފައި ވަނީ.
ޢ ޢިނގުރާ
ޙާދަ ފިނޑިޔޭ ދޯ. ޚަން ކޮށްފަ ރެކެނީ