ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީން މިހާތަނަށް މިކެމްޕެއިންގައި ތާއީދުކުރާ ކެނޑިޑޭޓަކު ކަނޑަނޭޅި ނަމަވެސް، އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ކެމްޕެއިންގައި ބައިވެރިވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ކޮމަންޑޫ ދާއިރާއަށް ކުރައްވާ ކެމްޕެއިންގައި އަދާލަތަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރ ޒާހިރު ގެންދަވަނީ ބައިވެރިވަމުންނެވެ. އަދި ކޮންމެ ރަށެއްގައިވެސް މިނިސްޓަރ ޒާހިރު ގެންދަވަނި ވާހަކަ ދައްކަވައި، މިނިސްޓްރީން ކޮށްދެވެން އޮތް ކަންތައްތަކުގެ ވާހަކަ ހިއްސާ ކުރަމުންނެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީންވަނީ މިއިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުތާކަން ހާމަކޮށްފައެވެ. ނަމަވެސް އެމްއާރުއެމްއާއި، އަދާލަތު ރަސްމީކޮށް އަދި ވަކި ގޮތެއް ނުނިންމައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމުހުގެ 21 ވަނަ ދުވަހު ރައީސް ނަޝީދާއި، ރައީސް ޞާލިހު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ވަނީ ހަމަ ޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު @FaisalNasym ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިންގައި ބައިވެރިވެ ވަޑައިގަތުމަށް މަރޮއްޓަށް ވަޑައިގެން، މަރޮށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން.#VoteRashid#Agenda19 pic.twitter.com/u9d6o5TC2K
— MDP Secretariat (@MDPSecretariat) January 15, 2022
ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހމް ރަޝީދެވެ.
ފެބްރުއަރީ މަހުގެ 5ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުގައެވެ.
ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.
ކޮމެންޓު ފޮނުވާ