ރައީސް ޔާމީން ފަތުޙީގެ ކެމްޕެއިނަށް ވަޑައިގަތުމުން، ތާއީދު ދައްކާލައިފި

ރައީސް ޔާމީން ފަތުޙީގެ ކެމްޕެއިނަށް ވަޑައިގަތުމުން، ތާއީދު ދައްކާލައިފި

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2022 04:46
0

އިދިކޮޅު ލީޑަރު ރައީސް ޔާމީން ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނަށް ދިއުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންޑޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ދަންނަވާފައެވެ. މިދަތުރުގައި ކޮމަންޑޫ ދާއިރާގެ އިދިކޮޅު ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ކުރައްވަ ފަތުރުފުޅުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މިދަތުރުފުޅުގައި ރައީސް ށ.އަތޮޅުގެ 6 ރަށަކަށް ވަޑައި ގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ށ.ފުނަދޫގައި ބާއްވާ އިންޑިއާ އައުޓް ހަރަކާތުގައިވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ފޯރިގަދަވެފައިވާއިރު، ސަރުކާރުގެ ކެނޑިޑޭޓާއި، އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، އެމްޑީޕީއާއި، ޕީޕީއެމްގެ ލީޑަރޝިޕުން ދަނީ މިއިންތިޚާބު ކާމިޔާބް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމްއެންޕީންވެސް ދަނީ އިންތިޚާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންތިޚާބާއި ދިމާކޮށް، ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކޮމަންޑޫ ދާއިރާގައި ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެފަދަ ކަންކަން ނުކުރުމަށް އިލެކްޝަން ކޮމިޝަނުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިހާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދުންމަތިން
ހިންނަވަރު ގަޑުބަލާ ރައީސް މޭކަރާނެ އިންޑިޔާ އައުޓް ހިޔާފުލެޓް ތޭވީސް ދައްކާނަން ގަޑު ބަލާރައީސް ކުޑަގޮޅި ހްޒާނާހުސްކޮްްފި ކާރިކިސިންކޮޅައްބަހާހުސްކޮްްފި؟؟