ޝާހުގެ "މަންނަތު" ގޮއްވާލާނެ ކަމަށް ބުނި މީހާ ހައްޔަރުކޮށްފި

ޝާހުގެ "މަންނަތު" ގޮއްވާލާނެ ކަމަށް ބުނި މީހާ ހައްޔަރުކޮށްފި

Author
ފާތިމަތު ނާވީ
13 ޖެނުއަރީ 2022 08:01
0

ބޮލީވުޑް ސުޕަސްޓަރ ޝާހްރުކު ޚާނާއި އޭނާގެ އާއިލާ ދިރިއުޅޭ ގެ "މަންނަތު" ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ހައްޔަރުކޮށް އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފިއެވެ.

މުމްބާއީގެ ބައެއް މުހިންމު ތަންތަން ގޮއްވާލާނެކަމަށް ބުނެ މަހަރަޝްތުރާ ސްޓޭޓްގެ ފުލުހުންނަށް މީހަކު ގުޅުމުން ފުލުހުން ވަނީ ވަގުތުން އެ މައްސަލަ ބަލަން ފަށާފައެވެ.

މި ފޯނު ކޯލު ޓްރޭސްކޮށްގެން ބެލިއިރު މި ކޯލު ކޮށްފައިވަނީ މަދިޔަ ޕްރަދޭޝްގެ ޖަބަލްޕޫރުންނެވެ. މަހަރަޝްތުރާ ފުލުހުން ވަނީ އެ މައުލޫމާތު މަދިއަ ޕްރަދޭޝްގެ ފުލުހުންނާ ހިއްސާ ކުރުމަށްފަހު އެމީހާ އަތުލައި ގަނެފައެވެ.

އަދި އެމީހާ އަކީ ކުރިން ވެސް މިފަދަ އެތައް މައްސަލައެއްގެ ރެކޯޑް އޮތް ޖިތޭޝް ޓާކޫރް ކިޔާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައިއެވެ.

ޖިތޭޝް ހައްޔަރު ކުރުމަށް ފަހު ފުލުހުން ބުނެފައިވަނީ އޭނާއަކީ މަސްތުގެ ހާލަތުގައި ހުރެގެން މިފަދަ އެތައް ކޯލުތަކެއް މީގެ ކުރިން ވެސް ކޮށްފައިވާ މީހެއް ކަމަށެވެ. ޖިތޭޝް އާއްމުކޮށް ހުންނަނީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޝާހުގެ މުމްބާއީގެ އަގުބޮޑު ގެ ގޮއްވާލާނެ ކަމުގެ އިންޒާރު ދިންއިރު، މިފަދަ އިންޒާރުތައް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނަށް ދޭތެރެ ދޭތެރެ އިން ލިބެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.