ދިޔާނާ ވިދާޅުވަނީ ކައިވެނި ރުޖޫޢަ ނުކުރާކަމަށާއި، ނުވެސް ކުރާނެކަމަށް!

ދިޔާނާ ވިދާޅުވަނީ ކައިވެނި ރުޖޫޢަ ނުކުރާކަމަށާއި، ނުވެސް ކުރާނެކަމަށް!

Author
މުޙައްމަދު ޖިމީ
12 ޖެނުއަރީ 2022 09:48
0

ކާށިދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރާއި، ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދުގެ ކައިވެނި ރުޖޫޢަކޮށްފައި ނުވާކަމަށާއި، ނުވެސް ކުރާނެކަމަށް ދިޔާނާ ވިދާޅުވެއްޖެއެވެ.

ދިޔާނާއާއި ޖާބިރުގެ ކައިވެނި ނިމުމަކަށް އައިސްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއްފަހުން އެ ކައިވެނި ރުޖުޢަކުރިކަމަށް މީޑިއާއިން ރިޕޯޓްކުރިއެވެ. ނަމަވެސް ދިޔާނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އިއްޔެ ޢާންމުވި ވީޑިއޯގައި ޖާބިރު ވިދާޅުވެފައިވަނީ ދިޔާނާ ވަރިކޮށްފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ވަރި ސާބިތުކުރުމުގެ މަސައްކަތްކަމަށެވެ. މިކަމާއި ގުޅިގެން ދިޔާނާ ވިދަޅުވީ ކުރިންވެސް ކައިވެނި ރުޖޫޢަ ނުކުރާކަމަށާއި ދުވަހަކުވެސް ނުކުރާނެކަމަށެވެ.

ޖާބިރާއި، ދިޔާނާގެ 15 އަހަރުވީ ކައިވެނި ނިމުމަކަށް އައިސްފައިވާއިރު، އެދެބޭފުޅުންގެ ކައިވެންޏަށް ދެ ބޭފުޅުން ވަނީ ލިބިވަޑައިގެންފައެވެ. ދިޔާނާ އާއި ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން ޖާބިރު ކައިވެންޏެއް ކުރެއްވެވިއެވެ. އެކައިވެންޏަށް ވެސް ދެދަރިން ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.