ފިޗުން ރާއްޖޭގެ ރޭޓިން އަަނެއްކާވެސް ދަށްކުރުމީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލޭނެކަމެއް: ޝިޔާމް

ފިޗުން ރާއްޖޭގެ ރޭޓިން އަަނެއްކާވެސް ދަށްކުރުމީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލޭނެކަމެއް: ޝިޔާމް

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ރޭޓިންގ އަނެއްކާވެސް ދައްކުރުމާއި ގުޅިގެން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހޮންކޮންގްގެ ފިޗް ރޭޓިންގްސް އިން ވޭތުވެދިޔަ ދެ އަހަރު ވެސް ރާއްޖެ އަށް ދީފައި ވަނީ "ސްޓޭބަލް" އައުޓްލުކެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ދަށްވެފައިވާތީ ކްރެޑިޓް ރޭޓިން "ބީ" އަށް ދަށްކޮށް "ނެގެޓިވް" އައުޓްލުކަށް ބަދަލު ކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ފިޗުން މިއަދު އާންމުކުރި ރޭޓިންގައި ރާއްޖެ ވަނީ ކްރެޑިޓް ރޭޓިން "ބީއ: އިން "ސީސީސީ"އަށް ދަށްކޮށްފައެވެ. ސަބަބެއްކަމށް ފިޗުން ބުނެފައިވަނީ ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުންކަމަށެވެ. ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަން އޮތްކަންވެސް ފިޗުން ފާހަގަކޮށްފައިވެއެވެ. ފިޗުން ލަފާކޮށްފައިވާގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އަޑިއަޅާލުމުން އަރައިގަނެވޭނީ 2022 ވަނަ އަހަރުއެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ ރާއްޖެއަކީ އިންވެސްޓްމަންޓްތަކަށް ބަރީސާވެފައި އޮތް ޤައުމެއްކަމަށާއި، ފިޗް ރޭޓިން ދަށްކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެކަމަށެވެ. ޝިޔާމް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި އިންވެސޓަރުން ރާއްޖެއަށް އިންވެސްޓްކުރުމަށް ފަސްޖެހޭނެކަމަށެވެ. ޝިޔާމް ވަނީ މިކަންކަމުން އަރައިގަނެވޭނެ ސަރުކާރެއް އަދި ވެރިއެއް މިޤައުމަށް ބޭނުންވާކަމަށްވެސް ވިދާޅުވެފައެވެ.

ރާއްޖެ ރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޫޑީސް އާއި ފިޗަށެވެ. މި ބޭނުމަށް މި ދެ ކުންފުނިން، ރާއްޖެއާ ގުޅޭ ތަފާސް ހިސާބުތަކާއި މައުލޫމާތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިދާރާތަކުން ހޯދާނެ އެވެ. ފިޗްއިން ރާއްޖެ ރޭޓް ކުރިއިރު، ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓްކުރި، "މޫޑީސް އިންވެސްޓްމަންޓް ސާވިސް" އިން ބުނެފައިވަނީ އޭޝިޔާ ޕެޝިފިކް ގައުމުތަކުގެ ތެރެއިން ދަރަނި ދެއްކުމުގެ ގާބިލްކަން ދަށަށް ދިޔުމުގެ ފުރުސަތު ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *