ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް، 22 ހެކްޓަރުގެ ބިމެއް ހިއްކަނީ

ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް، 22 ހެކްޓަރުގެ ބިމެއް ހިއްކަނީ

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2022 12:48
0

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ތޮލްހަތުއެވެ.

މި މަޝްރޫއުގެ ދަށުން ތިނަދޫގައި 219،595 އަކަމީޓަރުގެ ބިން ހިއްކުމާއި ތިނަދޫގެ ހުޅަނގު ދެކުނު ފަރާތުގައި 1،336 މީޓަރުގައި ރިވެޓްމަންޓް ޖެހުމަށް ނިންމާފައިވެ އެވެ. އަދި 284 މީޓަރުގައި އެއްގަމު ތޮށި ޖެހުމާއި ކޮންކްރީޓް ބްރިޖެއް އެޅުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 660 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިސައްކަތަކީ 125.2 މިލިއަން ރުފިޔާގެ މަޝްރޫއުކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.