އަންނަމަހުގެ 5 ވަނަ ދުވަހު ތިން ރަށެއްގައި ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް 7 ކެނޑިޑޭޓުން ކުރިމަތިލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއިއެކު ބޭއްވުމަށް އިއުލާނުކުރި މިތިން އިންތިޚާބުގެ ތެރެއިން ހއ.ތަކަންދޫގައި އިންތިޚާބަކާއި ނުލައި ވަނީ ކުރިމަތިލި ކެނޑިޑޭޓް ހޮވިފައެވެ. ތަކަންދޫ ގޮޑިއަށް ކުރިމަތިލީ ހަމައެކަނި ކެނޑިޑޭޓަކީ އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓެކެވެ.
އެކިއެކި ސަބަބުތަކާއި ހުރެ ގޮނޑިތައް ހުސްވުމާއި ގުޅިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ބާއްވާ އަނެއް ދެރަށަކީ ތ، ވިލިފުއްޓާއި ގއ. ގެމަނަފުއްޓެވެ.
ވިލިފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރަނީ އެމްޑީޕީގެ ކެނޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓެކެވެ. ގެނަމަފުއްޓަށް 4 ކެނޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ. މިގޮޑިއަށް އަމިއްލަ ގޮތުން 3 ކެނޑިޑޭޓަކު ވާދަކުރިއިރު، އަނެއް ކެނޑިޑޭޓަކީ ޕީޕީއެމްގެ ކެނޑިޑޭޓެކެވެ.
މިއިންތިޚާބުތަކުގައިވެސް މޮނިޓަރުންނާއި، އޮބްޒާވަރުން ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ. އެކި ދަބަބުތަކާއިހެދި ހުސްވާ އަންހެނުންގެ ކޮމެޓީތަކުގެ ގޮޑިތަކަށް ކެނޑިޑޭޓުން ކުރިމަތިލުމަށް އެކަށީގެންވާ ތަރުހީބު ނުލިބޭތީ އިލެކްޝަން ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ