ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިއުންމަތަށް ތައުބާގެ ދޮރު ވަނީ ހުޅުވިފައެވެ.

ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިއުންމަތަށް ތައުބާގެ ދޮރު ވަނީ ހުޅުވިފައެވެ.

ގުޅުންހުރި

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم, وبعد:

ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިއުންމަތަށް ތައުބާގެ ދޮރު ވަނީހުޅުވިފައެވެ. އެއީ އިންސާނާ ނޭވާހޮޅިއަށް އެޅިއްޖެއުމަށް ދާންދެން ނުވަތަ ހުޅަނގު ފަރާތުން އިރު އަރައްޖެއުމަށް ދާންދެނެވެ. ތައުބާ ނަމާދަކީ މުސްލިމަކަށް ﷲ ތަޢާލާއަށް އުރެދޭ ކަމެއްކުރެވެމުން ކުރާ ނަމާދެކެވެ. އެއުރެދުމަކީ ކުޑަ ނަވަތަ ބޮޑު އުރެދުމެއްކަމުގައި ވިޔަސްމެއެވެ. މުސްލިމަކަށް ފާފައެއް ކުރެވުމުން ވަގުތުން އެފާފައިން ތައުބާ ވެގަތުމަށް އަވަސްވެގަތުން ވާޖިބު ވެގެންވެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާއަކީ ފާފަފުއްސަވާ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ.

ނަމާދަކީ އަޅާ ﷲ ތަޢާލާއާ އެންމެ ބޮޑަށް ކުއްތަންވެވޭ އެއް ޢަމަލެވެ. އެހެންކަމުން އަޅާ ތައުބާވުމަށް ޤަސްދުކުރާއިރު، ﷲ ތަޢާލާ އޭނަގެ ތައުބާ ޤަބޫލުކުރައްވާ ފާފަފުއްސައްވާނެ، ވަޞީލަތެއްގެ ގޮތުން ދެރަކުޢަތް ނަމާދެއްކުރުމީ އެދެވިގެންވާ ކަމަކެވެ.

ޢިލްމުވެރިންވަނީ ތައުބާ ނަމާދަކީ ޝަރުޢުވެގެންވާ ނަމާދެއްކަމަށް ޢިޖުމާޢު ވެފައެވެ. އަދި ތައުބާވުމަށްޓަކައި ނަމާދަކީ މުސްތަޙައްބު ވެގެންވާ ކަމެއްކަމުގައި ސުންނަތުގެ ހަތަރު މަޒުހަބުގައި ވަނީ އިއްތިފާޤު ވެފައެވެ. މިކަމާއި ބެހޭގޮތުން އައިސްފައި ހުރި ޙަދީޘްތަކުގެ ތެރެއިން ދެޙަދީޘެއް ބަޔާންކޮށްލާނަމެވެ.

  1. ފުރަތަމަ ޙަދީޘަކީ އަބޫދާވޫދުގެ ޙަދީޘެކެވެ. (ޙަދީޘް ނަމްބަރު:1521). އަލްޙާފިޡު އިބުނު ޙަޖަރު ވަނީ ފަތުޙުލްބާރީގައި މިޙަދީޘް ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށް ވިދާޅުވެފައެވެ . އަދި އަލްބާނީ ވަނީ މިޙަދީޘް ޞަޙީޙް އަބޫ ދާވޫދުގައި ޞައްޙަ ކުރައްވާފައެވެ.

عنأبيبَكْرٍالصديقرَضِيَاللَّهُعَنْهُأَنَّهُقَالَ : سَمِعْتُرَسُولَاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَيَقُولُ : ( مَامِنْعَبْدٍيُذْنِبُذَنْبًافَيُحْسِنُالطُّهُورَ ، ثُمَّيَقُومُفَيُصَلِّيرَكْعَتَيْنِ ، ثُمَّيَسْتَغْفِرُاللَّهَإِلَّاغَفَرَاللَّهُلَهُ ، ثُمَّقَرَأَهَذِهِالْآيَةَ : "وَالَّذِينَإِذَافَعَلُوافَاحِشَةًأَوْظَلَمُواأَنْفُسَهُمْذَكَرُوااللَّهَفَاسْتَغْفَرُوالِذُنُوبِهِمْوَمَنْيَغْفِرُالذُّنُوبَإِلَّااللَّهُوَلَمْيُصِرُّواعَلَىمَافَعَلُواوَهُمْيَعْلَمُونَ").

މާނައީ: ﷲ ތަޢާލާ ރުއްސުންލެއްވި އަބޫބަކުރު އައްޞިއްދީޤުގެ ފަރާތުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވަނިކޮށް އަޑުއެއްސެވީމެވެ. "އެއްވެސް އަޅަކު ފާފައެއް ކުރެވުމުން ފުރިހަމައަށް ވުޟޫ ކުރުމަށްފަހު ދެރަކްޢަތް ނަމާދެއް ކުރުމަށްފަހު ﷲއަށް އިސްތިޣުފާރު ކޮށްފިނަމަ އެމީހަކަށް ﷲތަޢާލާ ފާފަ ނުފުއްސަވާ އެއްވެސް އަޅަކު ނުވެއެވެ. އެއަށްފަހު މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. ("وَالَّذِينَإِذَافَعَلُوافَاحِشَةًأَوْظَلَمُواأَنْفُسَهُمْذَكَرُوااللَّهَفَاسْتَغْفَرُوالِذُنُوبِهِمْوَمَنْيَغْفِرُالذُّنُوبَإِلَّااللَّهُوَلَمْيُصِرُّواعَلَىمَافَعَلُواوَهُمْيَعْلَمُونَ") މާނައީ: އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރި ވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ ކާކު ހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ." (3:135)

2. ދެވަނަ ޙަދީޘަކީ މުސްނަދު އަޙްމަދުގައިވާ ޙަދީޘެކެވެ. (ޙަދީޘް ނަމްބަރު: 26998). މުސްނަދު އަޙްމަދުގެ މުޙައްޤިޤުން ވިދާޅުވަނީ މިޙަދީޘުގެ ސަނަދަކީ ޙަސަން ދަރަޖައިގެ ސަނަދެއް ކަމަށެވެ. އަދި އަލްބާނީ ވަނީ ސިލްސިލަތުއް އަޙާދީޘިއް ޞަޙީޙާގައި މީޙަދީޘް ހިމަނުއްވާފައެވެ.

عنأَبيالدَّرْدَاءِرضياللهعنهقال : سَمِعْتُرَسُولَاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَيَقُولُ :
(مَنْتَوَضَّأَفَأَحْسَنَوُضُوءَهُثُمَّقَامَفَصَلَّىرَكْعَتَيْنِأَوْأَرْبَعًا (شكأحدالرواة) يُحْسِنُفِيهِمَاالذِّكْرَوَالْخُشُوعَثُمَّاسْتَغْفَرَاللَّهَعَزَّوَجَلَّغَفَرَلَهُ)
.މާނައީ: ﷲ ތަޢާލާ ރުއްސުންލެއްވި އަބުއްދަރުދާއުގެ އަރިހުން ރިވާވެގެންވެއެވެ. "ތިމަން ކަލޭގެފާނު ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅު ކުރައްވަނިކޮށް އަޑު އެއްސެވީމެވެ. "އެއްވެސް އަޅަކު ފާފައެއްކުރެވުމުން ފުރިހަމައަށް ވުޟޫ ކުރުމަށްފަހު ދެރަކްޢަތް ނަމާދެއް ނުވަތަ ހަތަރު ރަކުޢަތުގެ ނަމާދެއްކޮށްފައި (ރާވީއަށް ހަތަރު ރަކުޢަތް ނުވަތަ ދެރަކުޢަތާއި މެދުވަނީ ޝައްކު އުފެދިފައެވެ.) ޛިކުރު ކުރުމާއި ޚުޝޫޢަތްތެރި ވުމުގައި ފުރިހަމަކޮށް އެއަށްފަހު ﷲ ތަޢާލާއަށް އިސްތިޢްފާރު ކޮށްފިށްފިނަމަ އޭނާއަށްފާފަ ފުއްސަވާނެވެ."

ތައުބާނަމާދުގެ ވަގުތު

މުސްލިމަކަށް ފާފައެއްކުރެވި އެފާފައިން ތައުބާވުމަށް ޤަސްދުކޮށް ތައުބާ ނަމާދުކުރުން މުޞްތަހައްބު ވެގެން ވެއެވެ. ތައުބާ ނަމާދަކީ ހުރިހާ ވަގުތެއްގައިވެސް ކުރެވިދާނެ ނަމާދެކެވެ. އެއީ ސަބަބަކާއިހުރެ ކުރުވޭ ނަމާދަކަށް ވާތީއެވެ. އެހެންކަމުން ސަބަބަކާއިހުރެ ކުރުވޭ ނަމާދު ހުރިހާ ވަގުތެއްގައިވެސް ކުރުން މަޝްރޫޢަ ވެގެން ވެއެވެ. (ކޭތަ ނަމާދު، އިސްތިޚާރާ ނަމާދު އަދި ވުޟޫގެ ދެރަކުޢަތް ނަމާދު ފަދަ ނަމާދުތަކެވެ)

ތައުބާ ނަމާދުގެ ސިފަ

ކޮންމެ އަޅުކަމެއްގައިވެސް ނިޔަތަކީ ޝަރުޠެކެވެ. ނިޔަތަކީ ޤަސްދު ކުރުމެވެ. ﷲ ތަޢާލާއަށް ތައުބާވުމުގެ ގޮތުން ދެރަކުޢަތް ނަމާދެއް ކުރަން ނިޔަތް ގަތުމުން ފުދޭނެވެ. ދުލުން ނިޔަތް ކިޔާކަށެއް ކޮންމެހެން ނުޖެހޭނެވެ.

އަބޫބަކުރުގެފާނުގެ ޙަދީޘުގައިވާ ފަދައިން ތައުބާ ނަމާދުގައިވަނީ ދެރަކުޢަތެވެ. ތައުބާ ނަމާދުކުރުން މަޝްރޫޢަ ވެގެންވަނީ ޖަމާޢަތަކުނޫނެވެ. އެނަމާދަކީ ނަފްލު ނަމާދުތަކުގެ ތެރެއިން ޖަމާޢަތުގައި ކުރުން މަޝްރޫޢަ ވެގެންވާ ނަމާދެއް ނޫނެވެ. އަދި ތައުބާވާ މީހާގެ މައްޗަށް ގިނަގިނައިން އިސްތިޢްފާރު ކުރުން އެދެވިގެން ވެއެވެ.

ތައުބާ ނަމާދުގައި ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމްގެ އަރިހުން، ވަކި ޚާއްޞަ ސޫރަތެއް ކިޔެވުން ވާރިދުވެގެން އައިސްފައި ނުވެއެވެ. ނަމާދު ކުރާމީހާ ބޭނުން ސޫރަތެއް ކިޔެވިދާނެވެ. އަދި ތައުބާ ނަމާދުކޮށް ނިމިގެން ތައުބާވުމުގެ ގޮތުން ޚާއްޞަ ދުޢާއެއް ވާރިދުވެގެން އައިސްފައެއް ނުވެއެވެ. ޤުރުއާނުންނާއި މާތް ނަބިއްޔާގެ ޞައްޙަ ޙަދީޘްފުޅުތަކުން އައިސްފައިހުރި ދުޢާތައް ކުރުން މޮޅުއިތުރު ވެގެންވެއެވެ. ނުވަތަ ދުޢާކުރާމީހާ އަމިއްލައަށް އަމިއްލަ ބަހުން ދުޢާ ކުރިއަސް މައްސަލައެއް ނެތެވެ.

ތައުބާ ނަމާދުކޮށް ނިމިގެން ހެޔޮ ޢަމަލުތައް ކުރުމުގައި އަވަސްވެގަތުން މުޞްތަޙައްބު ވެގެން ވެއެވެ. ﷲ ތަޢާލާ ޠާޙާ ސޫރަތުގެ 82 އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. (وَإِنِّي لَغَفَّارٌ لِمَنْتَابَ وَآمَنَ وَعَمِلَ صَالِحاً ثُمَّ اهْتَدَى ). މާނައީ: "ތައުބާވެ އީމާންވެ ޞާލިޙު ޢަމަލުކޮށް، ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ".

އެގޮތުން ޞަދަޤާތްކުރުމީ ތައުބާވާން ބޭނުންވާ މީހާ ކުރުން އެންމެ މާތް ހެޔޮ އެއްޢަމަލެވެ. ޞަދަޤާތް ކުރުމީ ފާފަތަކުގެ ކައްފާރާއެކެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. (إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ ) މާނައީ :"ވާޖިބުނޫން ޞަދަޤާތް ތިޔަބައިމީހުން ފާޅުގައި ދެނީނަމަ ފަހެ އެއީ ނުހަނު މޮޅު ގޮތެކެވެ. އަދި ތިޔަބައިމީހުން ވަންހަނާކޮށް އެޞަދަޤާތްތައް ފަޤީރުންނަށް ދެނީނަމަ ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި އެއީ ތިޔަބައިމީހުންގެ ކުއްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެއިލާހު ފުއްސަވާނެކަމެކެވެ".

واللهأعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ