ފަރްހާނާއި ޝިބާނީ ކައިވެނި ކުރަނީ

ފަރްހާނާއި ޝިބާނީ ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
06 ޖެނުއަރީ 2022 07:16
0

އަހަރު ފެށުމާއެކު ބޮލީވުޑުން ކައިވެނި ކުރާނެ ކަމަށް ބުނާ ޖޯޑުތަކުގެ ތެރޭގައި އެންމެ އަވަހަށް ކައިވެނި ކުރާނީ އެކްޓަރ އަދި ޑައިރެކްޓަރ ފަރްހާން އަޚްތަރާއި ޝިބާނީ ޑަންޑޭކަރް، ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ބުނެފިއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ވެފައިވާ މި ޖޯޑުގެ ކަައިވެނި އަންނަ މަހުގައި ކުރެވިގެން ދާނެކަމަށް މުނިފޫހި ފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

މި ދެމީހުންގެ ގާތް އެކުވެރިއަކާ ހަވާލާ ދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ކައިވެނި ކުރާނީ ވަރަށް ކުޑަކޮށް، ހަމައެކަނި އާއިލާ އާއި ގާތް ރަހުމަތް ތެރިންގެ ހާޒިރުގައެވެ. އަދި ކޯވިޑްގެ ސަބަބުން ކައިވެނީގެ ހަފްލާތައް ނުބާއްވަން ނިންމާފައި ވާކަަމަށްވެސް ބުނެއެވެ.

ޝިބާނީ އާއި ފަރްހާންގެ ކައިވެނީގެ ހެދުން ތައްޔާރު ކުރަނީ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ހެދުންވެސް ތައްޔާރު ކޮށްދިން ފެޝަން ޑިޒައިނަރު ސަބްޔާސާޗީ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

ޝިބާނީގެ އަލަތު ކައިވެނި ކަމުގައި ވިޔަސް މިއީ 47 އަހަރުގެ ފަރުހާންގެ ދެވަނަ ކައިވެންޏެވެ. ފަރުހާނާއި ހެއާ ސްޓައިސްޓް އަދުނާ ބަބާނީ ކައިވެނި ރޫޅާލީ 2017 ގައެވެ. މި ކައިވެންޏަށް ވަނީ ދެ އަންހެން ކުދިން ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.