އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުންނަށް ހުރި ގެއްލުމާއި އަޒާބު!

އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުންނަށް ހުރި ގެއްލުމާއި އަޒާބު!

Author
ހުސެއިން
06 ޖެނުއަރީ 2022 09:34
0

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد:

ސޫރަތުލް އަންޢާމްގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ ) މާނައަކީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسولންނަށްވެސް ފުރައްސާރަ ކުރިއެވެ. ފަހެ، އެ رسولންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ".

ސޫރަތުލް ރަޢްދުގެ 32 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَلَقَدِاسْتُهْزِئَبِرُسُلٍمِّنقَبْلِكَفَأَمْلَيْتُلِلَّذِينَكَفَرُواثُمَّأَخَذْتُهُمْ ۖفَكَيْفَكَانَعِقَابِ   ) މާނައަކީ: " އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް، رسولންނަށް ފުރައްސާރަކުރިއެވެ. ފަހެ، كافرވި މީހުންނަށް ތިމަން ރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަން ރަސްކަލާނގެ عقوبات ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދަ އަކުން ހެއްޔެވެ؟".

ސޫރަތުލް އަންބިޔާގެ 41 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ(މާނައަކީ: " ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسولންނަށްވެސް ފުރައްސާރަ ކުރިއެވެ. ފަހެ، އެ رسولންނަށް ފުރައްސާރަކޮށް އުޅުނުމީހުން ކުރަމުން ގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ".

ސޫރަތުއް ތައުބާގެ 64 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. (يَحْذَرُ الْمُنَافِقُونَ أَن تُنَزَّلَ عَلَيْهِمْ سُورَ‌ةٌ تُنَبِّئُهُم بِمَا فِي قُلُوبِهِمْ ۚ قُلِ اسْتَهْزِئُوا إِنَّ اللَّـهَ مُخْرِجٌ مَّا تَحْذَرُونَ ) މާނައަކީ: "منافقން އެއުރެންގެ ހިތްތަކުގައި ވާގޮތުގެ خبرތައް އަންގައިދޭ سورةއެއް، އެއުރެންނާމެދު ބާވައި ލައްވައިފާނެތީ ބިރުގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ފުރައްސާރަކޮށް އުޅޭށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ބިރުގަންނަ ކަންތައް، اللَّهނެރުއްވައި ހާމަކުރައްވާ ހުށްޓެވެ".

މި ނޫންވެސް އެތަށް އާޔަތް ތަކެއް މިކަމުގައި ވާރިދުވެފައިވެއެވެ.

واللهأعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.