އެހެން ބަޔަކަށް ނުގެނެވުނު ތަރައްޤީ ގެންނާތީ، އުނދަގޫވާނެ ބަޔަކު އުޅޭނެ: ރައީސް

އެހެން ބަޔަކަށް ނުގެނެވުނު ތަރައްޤީ ގެންނާތީ، އުނދަގޫވާނެ ބަޔަކު އުޅޭނެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2022 11:46
0

ސަރުކާރުގެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެނެސްދެއްވަމުންދާ ތަރައްޤީ ފެނިފައި، އެކަމާއި އުދަގޫވާނެ ބަޔަކު ތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނ.މަގޫދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި، އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރައްވަމުޖންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން އެކަމާއި ކަންބޮޑުވާ ނުނީ ދެރަވާނެ ބަޔަކު އުޅޭނެކަމަށެވެ. ނަމަވެސް ސަރުކާރުން ތަރައްޤީ ގެންނަނީ ރައްޔިތުންނާއި، ގުޅިގެން ލާމަރުކަޒީ އުސޫލުންކަމަށެވެ.

އަޅުގަނޑުމެން މިގެންނަ ތަރައްޤީ ފެނިފައި އުދަނގޫވާނެ ބަޔަކު ތިބެދާނެ. އަޅުގަނޑުމެންގެ ތަރައްޤީއާއި އެބޭފުޅުންގެ ތަރައްޤީއާއި ތަފާތު. އަޅުގަނޑޫމެން ތަރައްޤީ އަމާޒުކޮށްފައިވަނީ ސީދާ ރައްޔިތުންނަށް. އެވިސްނުމުގައި ތަރައްޤީ ކުރަމުންދަނީ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުންދަނީ ލާމަރުކަޒީ އުސޫލުންކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު، އަސާސީ ޚިދުމަތްތައް ނުލިބި އެތައް ރަށެއްގެ ރައްޔިތުން ތިބިއިރު، މިކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު ވައުދުކަމަށެވެ. އަދި މިހާތަނަށް މިމަސައްކަތުގެ ތެރެއިން އަސާސީ މަސައްކަތް ނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު މަގޫދޫގައި ހުޅުވުނު އިންޖީނުގެއަކީ މީގެ ކުރިން އެރަށުގެ ރައްޔިތުންގެ ދިރިއުޅޭ ސަރަހައްދުގައި މީހުންނަށް ދަތިވާގޮތަށް ހުރި އިމާރާތް ޒަމާނީ ވަސީލަތްތަކާއި، އައު އިންޖީނުގެއަކަށް ބަދަލު ކުރުމަށް ބޭއްވޭ އުފާވެރި ހަފްލާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއިއެކު މަގޫދޫގެ ކަރަންޓުގެ ޚިދުމަތް ފަސޭހައިންލިބި ކުރިމަތިވި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެން ގޮސްފާވަކަމަށެވެ.

ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް އޮތީ ވަރަށް ދަށް ހާލަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގައި ދެވެމުންދަނީ 70 މެގަވޯޓުގެ ކަރަންޓު ކަމަށާއި، މިވެރިކަން އައިފަހުން މިއަދަދު ދެގުނަ ވެފައިވާކަމަށެވެ. އެގޮތުން 140 މެގަވޯޓުގެ ކަރަންޓު މިހާރުދަނީ ފޯރުކޮށް ދެމުން ކަމަށެވެ. ރައީސް ވިދާޅުވީ މިމަސައްކަތް ކުރުމުގައި ފެނަކައިން ކުރަމުންދާ މަސައްކަތަކީ ފާހަގަކޮށްލެވޭ ޝުކުރު ހައްގު މަސައްކަތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2030 ވަނަ އަހަރުގެ ނެޓް ރީޒޯގެ އަމާޒަށް ވާސިލް ވުމަށްވެސް ދުރާލައި މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގައި ދެވެމުންދަނީ 16 މެގަވޯޓުގެ ސޯލަރ ހަކަތަކަމަށެވެ. ނަމަވެސް މިހާރު ސަރުކާރު އައިފަހުން 20 މެގަވޯޓް ސޯލަރ ހަކަތަ އުފައްދައި ރަށްތަކަށް ފޯރުކޮށް ދެމުންދާކަމަށެވެ. ސަރުކާރުގެ އަމާޒަކީ މިފަސް އަހަރު ނިމުމުގެ ކުރިން މިއަދަދަތު 52 މެގަވޯޓަށް އިތުރު ކުރުން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.